ޑީކޯވި ޒުވާނަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފި

ޑީކޮމްޕްރެސް ސިކްނެސް (ޑިކޯ) ވެގެން ގދ.ތިނަދޫ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ޒުވާނަކު ސިއްޙީ އަވަސް ފަރުވާއަށް އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފިއެވެ. އެމްއެ...

27 Jul 2019 | 06:23

ޑީކޮމްޕްރެސް ސިކްނެސް (ޑިކޯ) ވެގެން ގދ.ތިނަދޫ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ޒުވާނަކު ސިއްޙީ އަވަސް ފަރުވާއަށް އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފިއެވެ.

އެމްއެންޑީއެފުން ބުނެފައިވާގޮތުގައި މިއަދު ހެނދުނު 10:15 ހާއިރު މާލެ ގެނެސްދީފައި ވަނީ އުމުރުން 26 އަހަރުގެ ފިރިހެނެކެވެ. މި މީހާ މާލެ ގެނެސްދީފައި ވަނީ މި މީހާ ބެއްލެވި ޑޮކްޓަރުން އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ލަފާދެއްވުމާ ގުޅިގެންނެވެ.

ގދ. ގައްދޫއަށް އުފަން މި ޒުވާނާ ވަނީ އިއްޔެ ހަވީރު ގާތްގަނޑަކަށް 16:00 ހާއިރު 57.7 މީޓަރު ފުނަށް 51 މިނެޓް ވަންދެން ޑައިވްކޮށްފައިވާކަމަށާއި މި ޒުވާނާ ޑައިވްކުރިތާ ބައިގަޑިއިރު ފަހުން ވާތު ކޮނޑުގައި ކުއްލިއަކަށް ރިއްސަން ފަށައި ގައިގެ ހަކަތަ ދަށްވެ، އުނގަނޑުން ތިރި ވާގިދޫވާގޮތް މެދުވެރިވެގެން ގދ.ގައްދޫ ސިއްޙީ މަރުކަޒުން ވަނީ ފަރުވާ ހޯދާފައި ކަމުގައި އެމްއެންޑީއެފުން ބުނެފައިވެއެވެ. އަދި އިތުރު ފަރުވާއަށް އިއްޔެ ވަނީ ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދެވިފައިވާކަމުގައިވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ، މާލެ ގެނެވުނު މިޒުވާނާ މިހާރު ވަނީ އެމްއެންޑީއެފް މާލެ އޭރިއާގެ އެހީތެރިކަމާއެކު އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންދެވިފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް