2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމުގެ ބިޑް ރާއްޖެއަށް ކާމިޔާބުވެއްޖެއެވެ. އެހެންކަމުން 2023 އަހަރު މި މުބާރާތް ބާއްވާނީ ރާއްޖޭގައެވެ.
މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޓްވީޓެއް ކުރައްވާފައިވެއެވެ.
https://twitter.com/ibusolih/status/1154989965979209728
ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްވެސް ޓްވީޓެއް ކުރައްވާފައިވެއެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ މި ބިޑް ކާމިޔާބުވުމަކީ ދިވެހި ކުޅިވަރަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މި ބިޑް ކާމިޔާބު ކުރެވުނީ ދުރާލާ މި ބިޑް ކާމިޔާބު ކުރުމަށް ކުރެވުނު މަސައްކަތުން ކަން ފާހަގަ ކުރައްވައި މިނިސްޓަރު މަހްލޫފް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށާއި އަހްމަދު މަރްޒޫޤަށް ޝުކުރު ދަންނަވާފައެވެ.
https://twitter.com/AhmedMahloof/status/1154992593220046850
މިހާރު ކުރިއަށްދާ އައިއޯއައިޖީގައި ރާއްޖެއިން ވަނީ މިހާތަނަށް ތިން ރަން މެޑަލް ހާސިލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް