އިޒްރޭލު ސިފައިންގެ ހަމަލާއެއްގައި ފަލަސްތީނުގެ ރައްޔިތަކު ސަހީދުވެއްޖެ

ޣައްޒާ ބޯޑަރު ސަރަހައްދުން އިޒްރޭލު ސިފައިން ދިން ބަޑީގެ ހަމަލާއެއްގައި ފަލަސްތީނުގެ ރައްޔިތަކު ސަހީދުވެއްޖެއެވެ. ސަހީދުވެފައިވަނީ އުމުރުން 23 އަހަރުގެ އަހްމަދު ޤޫރާ ނަމަކަށް ކިޔާ ޒުވާނެކެވެ. ޣައްޒާގެ...

27 Jul 2019 | 05:59

ޣައްޒާ ބޯޑަރު ސަރަހައްދުން އިޒްރޭލު ސިފައިން ދިން ބަޑީގެ ހަމަލާއެއްގައި ފަލަސްތީނުގެ ރައްޔިތަކު ސަހީދުވެއްޖެއެވެ.

ސަހީދުވެފައިވަނީ އުމުރުން 23 އަހަރުގެ އަހްމަދު ޤޫރާ ނަމަކަށް ކިޔާ ޒުވާނެކެވެ.

ޣައްޒާގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފައިވާގޮތުގައި ޤޫރާ ސަހީދުވީ، އިޒްރޭލު ސިފައިން ދިން ބަޑީގެ ހަމަލާއެއް އޭނާގެ ބަނޑަށް އަމާޒުވެ، ޒަޚަމަށް ފަރުވާ ދެމުން ދަނިކޮށެވެ.

މިދިޔަ އަހަރުގެ މާރިޗް މަހުން ފެށިގެން އިޒްރޭލާއި ފަލަސްތީނުގެ މަސްރަހް ވަނީ ގޯސްވެފައެވެ. އޭރުއްސުރެ މިހާތަނަށް ހިނގާފައިވާ ކުރިމަތިލުންތަކުގައި ފަލަސްތީނަށް ނިސްބަތްވާ 296 މުސްލިމަކު ސަހީވެފައިވެއެވެ. އިޒްރޭލަށް ނިސްބަތްވާ ހަތް މީހަކު މަރުވެފައި ވެއެވެ.

މި ފަހަކަށް އައިސް އިޒްރޭލާއި ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން، ޣައްޒާ ބޯޑަރު ސަރަހައްދުގައި މުޒާހަރާ ކުރަމުން އަންނަނީ ހުކުރު ދުވަހު ހުކުރު ނަމާދަށްފަހުގައެވެ.

އިއްޔެގެ ކުރިމަތިލުންތަކުގައި އެކަކުސަހީދުވެފައިވާއިރު 38 މީހެއްގެ ގަޔަށް ބަޑީގެ ވަޒަން އަމާޒުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް