ފިލިޕިންސްގެ އަވަށަކަށް ދެ ބިންހެލުން އައިސް ހަ މީހަކު މަރުވެއްޖެ

ފިލިޕިންސަށް ކައިރި ކައިރިން މިއަދު ފަތިހު އައި ދެ ބިންހެލުމުގައި ހަ މީހަރު މަރުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެއެވެ. ރިޕޯޓުތައް ބުނާގޮތުގައި، ފުރަތަމަ ބިންހެލުން އައީ 5.4 މެގްނިޓިއުޓް ބާރުމިނުގައެވެ....

27 Jul 2019 | 05:31

ފިލިޕިންސަށް ކައިރި ކައިރިން މިއަދު ފަތިހު އައި ދެ ބިންހެލުމުގައި ހަ މީހަރު މަރުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި، ފުރަތަމަ ބިންހެލުން އައީ 5.4 މެގްނިޓިއުޓް ބާރުމިނުގައެވެ. ދެވަނަ ބިންހެލުން އައީ 5.9 މެގްނިޓިއުޓް ބާރުމިނުގައެވެ. ބިން ހެލުމަށްފަހު ސުނާމީގެ އެއްވެސް އިންޒާރެއް ދީފައެއް ނުވެއެވެ.

ފިލިޕިންސްގެ ބެޓަންސް ޕްރޮވިންސަށް އައި މި ބިންހެލުމުގައި 60 އާއި ގާތްކުރާ އަދަދަކަށް މީހުންނަށް އަނިޔާވިކަމަށް ބީބީސީ އިން ވަނީ ރިޕޯޓުކޮށްފައެވެ.

ފުލުހުން ބުނާގޮތުގައި، ބިންހެލުން އައި ވަގުތު ގެތަކަށް ގުޑުން އައި ކަމަށާއި، ގެތަކުގެ ފާރުތައް ވެއްޓި ބައެއް މީހުން މަރުވީ ކަމަށެވެ.

މި ބިންހެލުމުގައި އަނިޔާވި މީހުންނަށް ފިލިޕިންސްގެ ފުލުހުންނާއި ރެޑް ކްރޮސް އިން ދަނީ އެހީތެރިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް