އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކު ކުނީގެ ބާވަތްތައް ހޮވައި، އެއްކޮށްގެން ގެންދިއުމުން ކާންދޭ ރެސްޓޯރެންޓެއް އިންޑިއާގެ އަވަށެއްގައި ހުޅުވަން ތައްޔާރުވަމުން އެބަ ދެއެވެ.
މި ރެސްޓޯރެންޓް ހުޅުވަން އުޅެނީ އިރުމަތީ އަވަށެއް ކަމަށްވާ އަމްބީކަޕޫރުގައެވެ.
އެ އަވަށުގެ މޭޔަރު އަޖޭ ތިރްކޭ ބުނެފައިވާގޮތުގައި މި ރެސްޓޯރެންޓްގެ ބޭނުމަކީ އެ އަވަށަކީ އެއް ފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކުން ސަލާމަތްވެފައިވާ އަވަށަކަށް ހެދުމެވެ. އަނެއް މަގްސަދަކީ ފަގީރުންނަށް ކާންދެވޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ.
މި ރެސްޓޯރެންޓްގައި ހިދުމަތް ދޭން ތިބޭނީ މުޅިންވެސް އަންހެނުން ކަމުގައި އެ އަވަށުގެ މޭޔަރު ބުނެފައިވެއެވެ. އެ މޭޔަރު ބުނެފައިވާގޮތުގައި އެއް ކިލޯ ޕްލާސްޓިކް ގެނައުމުން މެންދުރުގެ ނާސްތާ ލިބޭނެއެވެ. ބައި ކިލޯ ޕްލާސްޓިކަށް ހެނދުނުގެ ނާސްތާ ލިބޭނެއެވެ. މި ރެސްޓޯރެންޓް ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި ހުޅުވޭނެ ކަމަށް ބުނެފައިވެއެވެ.
އެއް ފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބައެއް ޤައުމުތަކުގައި މަނާކޮށްފައިވާއިރު އިންޑިއާގައި އަދި މަނާކޮށްފައެއް ނުވެއެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އިންޑިއާގައި ދުވާލަކު 26 ހާސް ޓަނުގެ ޕްލާސްޓިކް ކުނި އުފެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް