ދުނިޔޭގެ އެންމެ އުސް އިމާރާތް، ދިވެހި ގައުމީ ދިދައިން ދިއްލާލައިފި

ދުބާއީގައި ހުންނަ ބުރްޖް ޚަލީފާ ދިވެހި ދިދައިން މިރޭ ދިއްލާލައިފިއެވެ. މިއީ ދުނިޔޭގައި މިވަގުތު ހުރި އެންމެ އުސް އިމާރާތެވެ. ބުރްޖް ޚަލީފާ އިމާރާތުގެ ލެޑް ވޯލް މިރޭ ދިވެހި ދިދައިން ދިއްލާލާފައިމިވަނީ ...

26 Jul 2019 | 19:33

ދުބާއީގައި ހުންނަ ބުރްޖް ޚަލީފާ ދިވެހި ދިދައިން މިރޭ ދިއްލާލައިފިއެވެ. މިއީ ދުނިޔޭގައި މިވަގުތު ހުރި އެންމެ އުސް އިމާރާތެވެ.

ބުރްޖް ޚަލީފާ އިމާރާތުގެ ލެޑް ވޯލް މިރޭ ދިވެހި ދިދައިން ދިއްލާލާފައިމިވަނީ ރާއްޖޭގެ މިނިވަން ދުވަހާއި ގުޅުވައިގެންނެވެ.

ދިވެހި ދިދައިން ބުރްޖް ޚަލީފާ ދިއްލާލުމުން، އެކުވެރި އަރަބި އިމާރާތުގައި ހުންނަ ދިވެހި އެމްބަސީން ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ. އަދި މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުން ދައްކުވައިދޭ ރަމްޒެއް ކަމުގައި ދިވެހި އެމްބަސީން ސިފަކޮށްފައިވެއެވެ.

ބުރްޖް ޚަލީފާގެ ލެޑްވޯލަކީ އެ އިމާރާތުގެ އެއް ބިތް ބޭނުންކޮށްގެން ހަދާފައިވާ، ދުނިޔޭގެ އެންމެ ބޮޑު ލެޑް ވޯލެވެ. މި ލެޑްވޯލް ހެދުމަށް 70 ކިލޯމީޓަރުގެ ކޭބަލް، 10 ހާސް ކަނެކްޓަރު ބޭނުންކޮށްފައިވެއެވެ. މި ލެޑްވޯލްގެ ބޮޑުމިނަކީ 33 ހާސް ސްކޮޔާ މީޓަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް