ސިއްރު ފެންފުށިން މޫދުގައި ބެހެއްޓި ބުދުތައް ނަގަން ސަރުކާރުން އަންގައިފި

ބުދުތަކަކާއެކު ފެއަރމޮންޓް މޯލްޑިވްސް ސިއްރު ފެންފުށިން މޫދުގައި ހެދި ކޮރެލޭރިއަމްގައިވާ ބުދުތައް ނެގުމަށް ސަރުކާރުން އަންގައިފި އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓްވީޓެ...

27 Jul 2018 | 12:18

ބުދުތަކަކާއެކު ފެއަރމޮންޓް މޯލްޑިވްސް ސިއްރު ފެންފުށިން މޫދުގައި ހެދި ކޮރެލޭރިއަމްގައިވާ ބުދުތައް ނެގުމަށް ސަރުކާރުން އަންގައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓްވީޓެއްގައި ވިދަޅުވެފައިވަނީ ށ ސިއްރު ފެންފުށީގައި ބުދުތަކެއް ހުރިކަމުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިބުމާއި ގުޅިގެން އެތަކެތި ނެގުމުގެ މަސައްކަތް ޓުއަރިޒަމް މިނިސްޓްރީ އާއި އެ ރިސޯޓްގެ މެނޭޖްމެންޓާއި ގުޅިގެން ދަނީ ކުރިއަށް ކަމަށެވެ.

"މިތަކެތި އެއްކޮށް ނެގުމުގެ މަސައްކަތް މާދަމާގެ ނިޔަލަށް އެއްކޮށް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ވަނީ ޓުއަރިޒަމް މިނިސްޓްރީއަށް އަންގަވާފައި" ތަރުޖަމާނު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

މި ކޮރެލޭރިއަމް ހަދާފައިވަނީ އިނގިރޭސި ސްކަލްޕްޓަރ އެއްކަމުގައިވާ ޖޭސޮން ޑެކޭސް ޓޭލަރ ކަމުގައި ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވެ އެވެ. މި ކޮރެލޭރިއަމްގައި ޖުމްލަ 30 ބުދު ހަރުކޮށްފައިވާކަމަށް މި ޕްރޮޖެކްޓް ހިންގި ފަރާތުން ހާމަކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް