ފާއިތުވި ހަފްތާގައި 1561 މީހުންނަށް ބޭރަށް ހިންގުން ޖެހިގެން ރިޕޯޓު ކޮށްފައިވޭ – އެޗްޕީއޭ

2018 ވަނަ އަހަރުގެ މިހާތަނަށް ބޭރަށް ހިންގުން ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ފާއިތުވި ހަފްތާގެ ތެރޭގައިކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފި އެވެ. އެއިދާއިރިން ނެރެފައިވާ ބޭރަށ...

27 Jul 2018 | 10:19

2018 ވަނަ އަހަރުގެ މިހާތަނަށް ބޭރަށް ހިންގުން ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ފާއިތުވި ހަފްތާގެ ތެރޭގައިކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފި އެވެ. އެއިދާއިރިން ނެރެފައިވާ ބޭރަށް ހިންގުމާއި ފާނަބަސަނދައިގެ ހާލަތުގެ ރިޕޯޓްގައި ބުނެފައިވަނީ ނިމިގެން ދިޔަ ހަފްތާގެ ތެރޭގައި ބޭރަށް ހިންގުން ޖެހިގެން 1561 މީހުން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ވޭތުވެދިޔަ އަހަރުތަކުގެ މިދުވަސްވަރާ އަޅާބަލާއިރު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކޮށްފައިވާ މިންވަރު މިއަހަރު އިތުރު ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. މިއަހަރުގެ ޖުލައި މަހު ބޭރަށް ހިންގުން ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ މާލެ އަތޮޅުންނާއި ރ އަތޮޅުންކަމަށް އެޗްޕީއޭއިން ބުނެ އެވެ.

މިއަހަރުގެ މިހާތަނަށް ބޭރަށް ހިންގުން ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ޖުލައި މަހުގައި ކަމަށް އެޗްޕީއޭން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ބޭރަށް ހިންގާ ހޮޑުލުމުން ރައްކާތެރި ވުމަށްޓަކައި ރައްކާތެރި ބޯފެން ބޭނުންކުރުމަށާއި، އަތްދޮވުމާއި ސާފުތާހިރުކަމަށް އިސްކަން ދިނުމަށް އެޗްޕީއޭއިން އިރުޝާދު ދެއެވެ. އެގޮތުން ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިންނާއި ކެއުމުގެ ކުރިން އަދި ފާހާނަކުރުމަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަށާއި ނެޕީ ބަދަލުކުރުމަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަށާއި ބޭނުންކޮށްފައި ހުންނަ ނެޕީ ރައްކާތެރި ކަމާއެކު ނައްތާލުމަށްވެސް އެޗްޕީއޭއިން އިރުޝާދުދެއެވެ. މީގެއިތުރުން ކާބޯތަކެތީގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށްވެސް އިލްތިމާސްކޮށްފައި ވެއެވެ.

ބޭރަށް ހިންގާ ހޮޑުލާނަމަ ގިނަ ގިނަ އިން ދިޔާތަކެތި ބޭނުންކުރުމަށާއި ، ހަކުރު ގިނައިން އެކުލެވޭ ތައްޔާރީ ޖޫސް ބޭނުން ނުކުރުމަށް އެޗްޕީއޭއިން ލަފާދެއެވެ. އަދި ބޭރަށް ހިންގުން ޖެހިފައިވާ މީހެއްނަމަ ކާބޯތަކެތި ބޭނުންކުރުމުގައި ރައްކާތެރިވުމަކީވެސް މިބަލި ފެތުރުން ހުއްޓުވުމަށް ކުރެވިދާނެކަމެއްކަމަށް އެޗްޕީއޭއިން ލަފާދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް