ހުރިހާ ރަށެއްގައިވެސް ކޭތަ ނަމާދު ކުރުން މިރޭ އޮންނާނެ: މިނިސްޓްރީ

ހުރިހާ ރަށެއްގައިވެސް މިރޭ ކޭތަ ނަމާދުކުރުން އޮންނާނެ ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީން ބުނެފައިވަނީ ޖުލައި 27 ވާ ހުކުރު ދުވަހުގެ ރޭ ހިފާ ހަނދު ކޭތައަށްފަހު ރާއްޖޭގައި މީހު...

27 Jul 2018 | 08:24

ހުރިހާ ރަށެއްގައިވެސް މިރޭ ކޭތަ ނަމާދުކުރުން އޮންނާނެ ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ ޖުލައި 27 ވާ ހުކުރު ދުވަހުގެ ރޭ ހިފާ ހަނދު ކޭތައަށްފަހު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރާނެ ކަމަށާއި ފަލަކީ ހިސާބުތަކުން ދައްކާގޮތުން ހުކުރު ދުވަހުގެ ރޭ 22:14 ގައި ހިފާ  ކޭތަ ވީއްލާނެ ކަމަށް ލަފާ ކުރެވެނީ 2018 ޖުލައި 28 ވާ ހޮނިހިރު ދުވަހުގެ ފަތިހު 04:28 ގައި ކަމަށެވެ.

"ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެރަށެއްގައި ހުރި އެންމެ ބޮޑު މިސްކިތެއްގައި ހުކުރު ދުވަހުގެ ރޭ  23:30 ގައި ކޭތަ ނަމާދުކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މާލެ ސިޓީ ސަރަހައްދުގައި އިސްލާމީ މަރުކަޒުގައާއި، މަސްޖިދުލް އިޚްލާޞް (ވިލިނގިލި) އަދި މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ (ހުޅުމާލެ) ގައި ކޭތަ ނަމާދު ކުރުމަށްވަނީ ހަމަޖެހިފައެވެ." މިނިސްޓްރީން ބުނެފައި ވެ އެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ  ޖުލައި 27 ވާ ހުކުރު ދުވަހުގެ ރޭ ހަނދުކޭތަ ނަމާދަށްފަހު ފަހު ޚާއްޞަ ޚުޠުބާއެއް ކިޔުމަށްވަނީ ހަމަޖެހިފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް