އިއްޔެ ރޭ ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކު ރޭޕް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުން ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ އިއްޔެ ރޭ ފަތިހު 5:00 ގައި އެވެ.
ފުލުހުން ރޭ ބުނީ މި މައްސަލައިގަ ހައްޔަރު ކުރީ 39 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ. އެ ދެމީހުން ހައްޔަރު ކުރީ ކުށުގެ ވެށިން އެރޭ ފަތިހު ކަމަށެވެ.
އެމީހުންގެ ބަންދާއި މެދު ނިންމީ ކޮން ގޮތެއްތޯ ނޫސްވެރިއަކު ސުވާލު ކުރުމުން މިއަދު ފުލުހުން ބުނެފައިވަނީ އެ ދެމީހުން މިހާރު ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.
އެމީހުން ދޫކޮށްލީ ތަހުގީގަށް ހައްޔަރު ކޮށްފައި ބެހެއްޓޭނެ ސަބަބެއް ނެތުމުން ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް