މަރުވި ފަހުން ސުޝާންތުގެ އިންސްޓަގްރާމް އިތުރު އަށް މިލިއަން މީހުން ފޮލޯ ކުރަން ފަށައިފި

މިމަހުގެ 14 ވަނަ ދުވަހު އަމިއްލައަށް ދަންޖެހިގެން މަރުވި ބޮލީވުޑްގެ ކުރިއަރަމުން އައި އެކްޓަރު ސުޝާންތު ސިންގ ރާޖްޕުޓް މަރުވި ފަހުން އިންސްޓްގްރާމްގައި އޭނާ ފްލޯ ކުރާ މީހުން ކުއްލިއަކަށް ވަރަށް ގިނަ ވ...

27 Jun 2020 | 06:26

މިމަހުގެ 14 ވަނަ ދުވަހު އަމިއްލައަށް ދަންޖެހިގެން މަރުވި ބޮލީވުޑްގެ ކުރިއަރަމުން އައި އެކްޓަރު ސުޝާންތު ސިންގ ރާޖްޕުޓް މަރުވި ފަހުން އިންސްޓްގްރާމްގައި އޭނާ ފްލޯ ކުރާ މީހުން ކުއްލިއަކަށް ވަރަށް ގިނަ ވެއްޖެ އެވެ.

އޭނާ އަމިއްލައަށް މަރުވާން މަޖުބޫރުވީ ބޮލީވުޑްގައި ކުރިޔަށްދާނެ ފުރުސަތުތައް އެދެވޭގޮތެއްގައި ނުލިބި ބާކީވާން ފެށުމުން ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އަދި ސުޝާންތުގެ މަރާއި ބޮލީވުޑްގެ ފިލްމު ޑައިރެކްޓަރުންނާއި ދަނީ ގުޅުވަމުންނެވެ.

ސުޝާންތުގެ މަރާއި އެކު ބޮލީވުޑްގެ ނުފޫޒުގަދަ މީހުންނަށް ފާޑުކިޔުންތައް އަމާޒުގެ އޭނާގެ ދިފާއުގައި މުޒާހަރާތައްކޮށް، ސޯޝަލް މީޑިއާގައި ސުޝާންތާއި އެއްކޮޅަށް ވާހަކަ ދައްކާ މީހުން ވަނީ އިތުރުވެފައި އެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަ ކުރެވިފައިވަނީ ސުޝާންތުގެ އިންސްޓަގްރާމް ފޮލޯ ކުރާ މީހުންގެ އަދަދަށް އައި ބަދަލެވެ.

ރިޕޯޓުތައް ބުނާގޮތުގައި އޭނާ މަރުވި ދުވަހާއި ހަމައަށް ސުޝާންތުގެ އިންސްޓަގްރާމް ފޮލޯ ކުރަމުންދިޔައީ ފަސް މިލިއަން މީހުންނެވެ. އެކަމަކު މަރުވި ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް އިތުރު އަށް މިލިއަން މީހުން އޭނާ ފޮލޯ ކުރަން ފަށާފައިވާއިރު މިހާރު ޖުމްލަ 13.9 މިލިއަން މީހުން އޭނާ ފޮލޯ ކުރެ އެވެ.

އިންސްޓަގްރާމުން މިހާޜު ވަނީ ސުޝަންތުގެ ޕޭޖު މެމޮރަލައިޒް އެކައުންޓަކަށް ބަދަލުކޮށްފައި އެވެ. އެ އެކައުންޓަށް ލޮގިންގެ މައުލޫމާތު އެނގޭ މީހަކު ވަތް ނަމަވެސް ޕޯސްޓުކޮށްފައިވާ އެއްވެސް އެއްޗަކަށް ބަދަލެއް ނުގެނެވޭނެ އެވެ.

ސުޝާންތު އެންމެ ފަހުން ޕޯސްޓު ކޮށްފައިވަނީ މަންމަ އާއި އޭނާ ފެންނަ ފޮޓޯއެކެވެ. ސުޝާންތުގެ މަންމަ ވަނީ އޭނާ އުމުރުން 16 އަހަރުގައި މަރުވެފައި އެވެ.

ސުޝާންތުގެ މަރާއި ގުޅިގެން އޭނާގެ ސަޕޯޓަރުން ދަނީ ބަޔަކު ރާވައިގެން އޭނާ ގަސްދުގައި މަރާލީ ކަމަށް ބުނަމުންނެވެ. އެކަމަކު މިހާތަނަށް ހެދި ދެ ޕޯސްޓުމޯޓަމް ރިޕޯޓުގައިވެސް ބުނެފައިވަނީ ސުޝާންތު މަރުވެފައިވަނީ ކަރަށް ބާރުވެގެން އޮކްސިޖަން ނުލިބުމުގެ ސަބަބުން ކަމަށެވެ.

އެހެންވެ ނިންމާފައިވަނީ އޭނާ މަރުވީ ދަންޖެހިގެން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް