ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ޕާޓީ ޑްރަގްސް އަތުލައިގެންފި

ތަފާތު ތިން ފަހަރެއްގެ މަތިން ރާއްޖެ އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ ޕާޓީ ޑްރަގްސް ކަސްޓަމްސުން އަތުލައިގެންފިއެވެ. އެގޮތުން މި މަހުގެ 19 ވަނަ ދުވަހު ތިން ފަހަރެއްގެ މަތިން ޕާޓީ ޑްރަގްސް އެތެރެކު...

27 Jun 2019 | 07:50

ތަފާތު ތިން ފަހަރެއްގެ މަތިން ރާއްޖެ އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ ޕާޓީ ޑްރަގްސް ކަސްޓަމްސުން އަތުލައިގެންފިއެވެ.

އެގޮތުން މި މަހުގެ 19 ވަނަ ދުވަހު ތިން ފަހަރެއްގެ މަތިން ޕާޓީ ޑްރަގްސް އެތެރެކުރަން އުޅެފައިވާކަމަށް ކަސްޓަމްސުން ބުނެއެވެ. އެތެރެކުރަން އުޅެފައިވަނީ ޕާޓީ ޑްރަގްސްގެ ބާވަތެއް ކަމުގައިވާ އެމް.ޑީ.އެމް.އޭ (އެކްސްޓެސީ)ގެ ކުނޑި ވައްތަރާއި ގުޅަ ވައްތަރެވެ.

ކަސްޓަމްސުން ބުނެފައިވާގޮތުގައި އޭގެ ތެރެއިން ކުނޑި ވައްތަރުގެ (ކްރިސްޓަލް) ޕާޓީ ޑްރަގް އެތެރެކުރަން މަސައްކަތް ކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެއީ ދެ ޕާރުސަލެއްގައެވެ. އެއް ޕާރުސަލްގައި 61 ގްރާމް އަދި އަނެއް ޕާރުސަލްގައި 32 ގްރާމް ހުރި ކަމަށް ބުނެފައިވެއެވެ.

ގުޅަ ވައްތަރުގެ ޕާޓީ ޑްރަގްސް އެތެރެކުރަން އުޅެފައިވަނީ ސްރީ ލަންކާއިން ކަމުގައި ބުނެފައިވެއެވެ. އެގޮތުން އެ ވައްތަރުގެ ފަސް ގުޅަ ޕާރުސަލެއްގައި އެތެރެކުރަން އުޅުނު ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން މި މަހުގެ 13 ވަނަ ދުވަހު ޕާރުސަލެއްގައި ރާއްޖެ އެތެރެކުރަން އުޅުނު 37 ގްރާމުގެ ކެނަބިސް އަތުލައިގެންފައިވާކަމަށްވެސް ކަސްޓަމްސުން ބުނެއެވެ.

ކަސްޓަމްސުން އިތުރަށް ބުނެފައިވާގޮތުގައި މި ތަކެތީގެ ޖުމްލަ ބަރުދަނުގައި 132 ގްރާމު ހުރިއިރު، އަތުލައިގަނެވުނު މަސްތުވާތަކެއްޗާއެކު މި މައްސަލަ އިތުރަށް ތަހްގީގް ކުރުމަށްޓަކައި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އަށް ފޮނުވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް