ދެ ރުފިޔާގެ އާ ސްޓޮކެއް ގެނެސްފި

ދެރިޔާގެ ފައިސާ ފޮތިތައް މަދުވުމުގެ ސަބަބުން ދެ ރުފިޔާގެ އާ ސްޓޮކެއް ގެނެސްފިއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ދެރުފިޔާގެ ފޮތިތައް މަދުވުމުން އޭގެ އާ ސްޓޮކެއް ގެނައުމ...

27 Jun 2019 | 06:37

ދެރިޔާގެ ފައިސާ ފޮތިތައް މަދުވުމުގެ ސަބަބުން ދެ ރުފިޔާގެ އާ ސްޓޮކެއް ގެނެސްފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ދެރުފިޔާގެ ފޮތިތައް މަދުވުމުން އޭގެ އާ ސްޓޮކެއް ގެނައުމަށްފަހު ދައުލަތުގެ ހަޒާނާގައި ރައްކާކޮށްފައިވާ ކަމަށެވެ.

ފައިސާގެ ސްޓޮކް ހުސްވާން ކައިރިވުމުން އެމްއެމްއޭއިން ސްޓޮކް ގިނަ ކުރުމަށް ދޭތެރެ ދޭތެރެއިން އެކި އަދަދުތަކުން ފައިސާ ޖަހައިގެން ގެނެ އެވެ. މިގޮތަށް ފައިސާ ޖަހައިގެން އެންމެ ފަހުން ގެނެސްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަސް ތެރޭގަ އެވެ. އެއީ 50 ލާރީގެ ފައިސާ ފޮތީގެ ސްޓޮކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް