9 އަހަރުގެ ކުއްޖާއާ ބެހުނު 71 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ހުވަދުއަތޮޅު ރަށެއްގައި 9 އަހަރުގެ ކުއްޖަކާ ބެހުނު 71 އަހަރުގެ މީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ. މިދިޔަ މަހުގެ 10 ވަނަ ދުވަހު ހައްޔަރުކުރި މި މީހާގެ ބަންދުގެ ...

27 Jun 2019 | 06:04

ހުވަދުއަތޮޅު ރަށެއްގައި 9 އަހަރުގެ ކުއްޖަކާ ބެހުނު 71 އަހަރުގެ މީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.

މިދިޔަ މަހުގެ 10 ވަނަ ދުވަހު ހައްޔަރުކުރި މި މީހާގެ ބަންދުގެ މުއްދަތު ދެފަހަރެއްގެ މަތިން ވަނީ އިތުރުކޮށްފައެވެ.

މި މައްސަލައިގާ ހައްޔަރުކޮށްފައިވާ މީހާއަކީ، ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުއްޖާގެ މަންމައާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހެކެވެ. ނަމަވެސް އެ ކުއްޖާގެ މަންމަ ފަހުން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވާގޮތުގައި އެ ގުޅުމަށް ނިމުމެއް ގެނެސްފައިވާތާ ދުވަސްތަކެއް ވެއްޖެއެވެ.

ހަމަ މިކުއްޖާއަށް މި ކުއްޖާގެ އެއްބަނޑު އެއްބަފާ ދެ ބޭބެއިންވެސް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެއެވެ. އެ ދެ ބޭބެއިންނަކީ ކުޑަ ދެކުދިންނެވެ. އެއީ 13 އަހަރުގެ ކުއްޖަކާއި 16 އަހަރުގެ ކުއްޖެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް