އޮފީހެއް ފަޅާލައިގެން ދެ ތިޖޫރީއެއް ވަގަށް ނަގައިފި

އޮފީހެއް ފަޅާލައިގެން ދެ ތިޖޫރީއެއް ވަގަށް ނަގައިފިއެވެ. މިއަދު ހެނދުނު 8:21 ހާއިރު ފަޅާލާފައިވަނީ، ރެޑްބޮކްސް ފިހާރައިގެ އޮފީސް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ވިދާޅުވީ، ވަގަށް ނެގި ދެ ތިޖ...

27 Jun 2019 | 05:25

އޮފީހެއް ފަޅާލައިގެން ދެ ތިޖޫރީއެއް ވަގަށް ނަގައިފިއެވެ.

މިއަދު ހެނދުނު 8:21 ހާއިރު ފަޅާލާފައިވަނީ، ރެޑްބޮކްސް ފިހާރައިގެ އޮފީސް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ވިދާޅުވީ، ވަގަށް ނެގި ދެ ތިޖޫރީގެ ތެރެއިން އެއް ތިޖޫރީގައި 4000 ރުފިޔާ ހުންނާނެ ކަމަށާއި، އަނެއް ތިޖޫރީގައި އެއްވެސް ވަރަކަށް ފައިސާ ނުހުންނާނެ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮފައެއް ނުވެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް