ފާރިސް ހަތަރު މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ. ކްރިމިނަލް ކޯޓުން ފާރިސްގެ މައްޗަށް މި ހުކުމް އިއްވީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ޝ...

27 Jun 2018 | 17:24

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ފާރިސްގެ މައްޗަށް މި ހުކުމް އިއްވީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ޝަހްސު އޮޅުވާލުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައެވެ. މި ދައުވާ އުފުލީ ގަވާއިދާ ހިލާފަށް ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކޮށްގެން ޕްރެސް ކޮންފަރެންސެއްގައި ބައިވެރިވި ކަމަށް ބުނެ އެވެ.

ޝަހްސު އޮޅުވާލުމުގެ ދައުވާގެ އިތުރުން ރިޝްވަތު ދިނުމުގެ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާއެއް ވެސް ފާރިސްގެ މައްޗަށް ދައުލަތުން ކުރެ އެވެ. މި ދައުވާތަކާ ގުޅިގެން ޝަރީއަތް ނިމެންދެން ޖަލަށް ލާފައި ހުންނަތާ މިހާރު 10 މަސް ދުވަސް ވެއްޖެ އެވެ.

ފާރިސްގެ މައްޗަށް ހުކުމް ކުރި އިރު ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ މައްޗަށް ވެސް ވަނީ، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށުގައި ދޮޅު އަހަރަށް ޖަލަށް ލުމަށް މި މަހުގެ 13 ވަނަ ދުވަހު ހުކުމް ކޮށްފަ އެވެ.

ފާރިސްގެ އިތުރުން ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އާއި ޅިއަނު އަހުމަދު ނަދީމްގެ މައްޗަށް ވަނީ ގާނޫނީ ވެރިކަން ވައްޓަލަން އުޅުނު ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް