އެއްވެސް ޝަރުތަކާއި ނުލާ ޕީޕީއެމް އާއި ގުޅުމުގެ ދައުވަތު ގާސިމަށް ދީފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި އެ ޕާޓީއަށް އެއްވެސް ޝަރުތަކާއި ނުލައި ސަރުކާރު ހިންގާ ޕީޕީއެމް އާއި ގުޅުމުގެ ދައުވަތު އެ ޕާޓީން ދީފި އެވެ. މިދައުވަތު ދެއްވާފައިވަނީ ނިލަންދޫ ދާއިރާގެ މެ...

27 Jun 2018 | 14:25

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި އެ ޕާޓީއަށް އެއްވެސް ޝަރުތަކާއި ނުލައި ސަރުކާރު ހިންގާ ޕީޕީއެމް އާއި ގުޅުމުގެ ދައުވަތު އެ ޕާޓީން ދީފި އެވެ.

މިދައުވަތު ދެއްވާފައިވަނީ ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ހަލީލު ކުރެއްވި ޓުވީޓެއްގައި އެވެ. ހަލީލް ވިދާޅުވީ ގާސިމް ގުޅިވަޑައިގެންނަވަންވީ ގައުމަށް ވަފާތެރި ބޭފުޅަކާއި ކަމަށެވެ. އެ ބޭފުޅަކީ ރައީސް ޔާމީން ކަމަށް ވިދާޅުވެފައިވެ އެވެ.

ހަލީލް ވިދާޅުވީ ގާސިމް އިދިކޮޅު ކޯލިޝަނައިގެން ކުރިޔަށް ވަޑައިގެންނަވަން ކިތަންމެ މަސައްކަތް ކުރެއްވިޔަސް އެމްޑީޕީ އަކީ އެހެން ޕާޓީއަކަށް ގޮތް ދޫކުރާނެ ޕާޓީއެއް ނޫން ކަމަށެވެ. އަދި އަނެއްކާވެސް އެމްޑީޕީ އެވަނީ ބޭވަފާތެރިވެފައި ކަމަށް ވިދާޅުވި އެވެ.

ހަލީލް އެ އިޝާރާތް ކުރެއްވީ އެއް ކެންޑިޑޭޓަކު ނެރުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މަސައްކަތް ނާކާމިޔާބު ވުމާއި ދިމާލަށް ދާކަމުގެ ސިގްނަލްތައް ފެންނަން ފެށުމުންނެވެ.

އެގޮތުން ރޭ  އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ކަނޑައަޅާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އައިސް އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕާޓީތަށް ވެރިކަމުގައި ބައިވެރި ކުރާނެ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީންވެސް ބުނަމުން ދަނީ އެ ޕާޓީ އޮތީ ވެރިކަން ކުރަން ތައްޔާރަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް