މަޖިލިސް މެމްބަރު ކަމަށް ކުރިމަތިލުމުގެ ފީ ވެސް ބޮޑުކުރަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ފީ ބޮޑު ކުރަން ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނަށް ސަރުކާރުގެ ފަރާޓުން އިސްލާހު ހުށަހަޅައި...

27 Jun 2018 | 10:51

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ފީ ބޮޑު ކުރަން ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނަށް ސަރުކާރުގެ ފަރާޓުން އިސްލާހު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ފަރެސް މާތޮޑާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ. އެ ބިލުގެ ފުރަތަމަ ކިޔުން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އިއްވާފައި އެވެ.

ބިލު ހުށަހަޅުއްވަމުން މެންބަރު ހުސައިން ވިދާޅުވީ އިންތިޚާބުތަކާ ބެހޭ ކަންކަން ހިންގުން ހަރުދަނާ ކުރުމާއި އިންތިޚާބުތަކަކީ މިނިވަން އަދި އިތުބާރު ކުރެވޭ ގޮތެއްގެ މަތިން ބޭއްވޭ އިންތިހާބުތަކަކަށް ހެދުމަށް ކަމަށެވެ.

މިހާރު ކަނޑައަޅާފައިވާ ގޮތުން އިންތިހާބުގައި ވާދަ ކުރުމަށް ހުށަހަޅަން ޖެހެނީ 5،000 ރުފިޔާ އެވެ. ހުސައިން މުހައްމަދު ހުށަހެޅުއްވި އިސްލާހުގައި ވަނީ އެ އަދަދު 15،000 ރުފިޔާއަށް ބޮޑުކޮށްފައި އެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފީ ވެސް ބޮޑުކުރަން ރިޔާސީ އިންތިޚާބުގެ ގާނޫނަށް ސަރުކާރުން ވަނީ އިސްލާހު ހުށަހަޅައިފަ އެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް މިހާރު ދައްކަން ޖެހެނީ 40،000ރ. ކަމަށް ވިޔަސް، އެ ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ އެ އަދަދު 100،000ރ. އަށް ބޮޑު ކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް