އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެފައިވާއިރު އެ މަގާމަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ރައްޔިތުންގެ މަޖިލީހަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ(ޑރ.ޑީޑީ) ގެ ނަންފުޅު މަޖިލީހަށް ފޮނުއްވާފައިވާއިރރު މި މައްސަލައާއިމެދު ގޮތެއް ނިންމުމަށް މިރެއަށް މަޖިލީހުގެ ޖަލްސާއެއް ތާވަލު ކޮށްފި އެވެ.
މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި އެދިވަޑައިގެންފައިވަނީ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޑރ. ޑީޑީ އައްޔަންކުރަން ޖޭއެސްސީން އެމަނިކުފާނަށް މަޝްވަރާދެއްވާފައިވާތީ އެކަމާއިމެދު މަޖިލީހުގެ މެމްބަރުން ގޮތެއް ނިންމަވައިދެއްވުމަށެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓަށް ދެ ބޭފުޅަކު އައްޔަން ކުރުމަށް ފޮނުއްވާފައި ވެ އެވެ. އެއީ ހައި ކޯޓުގެ މިހާރުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އެވެ.
ކުރީގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މަގާމުން ވަކިވެފައިވަނީ ޖިނާއީ ކުށެއް ސާބިތުވެ، މިދިޔަ ހަފުތާގައި އިސްތިއުނާފުގެ ހުރިހާ މަރުހަލާތައް ނިމިފައިވާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް