ޕާން ރަނގަޅީ ޓޯސްޓް ކޮށްގެން

އެއް ބަޔަކަށް ކަމުދާނީ ޕާން ޓޯސްޓް ނުކޮށެވެ. އަނެއް ބަޔަކަށް ޓޯސްޓް ކޮށްގެންނެވެ. ގައިމުވެސް ޓޯސްޓް ކުރުމުން ޕާނުގެ ރަހަ މީރުވާކަމަށް ގިނަ މީހުން ބުނެ އެވެ. ހަމަ އެކަނި ރަހަ މީރުވަނީކީ ނޫނެވެ. ޕާން ޓޯ...

27 Jun 2018 | 03:53

އެއް ބަޔަކަށް ކަމުދާނީ ޕާން ޓޯސްޓް ނުކޮށެވެ. އަނެއް ބަޔަކަށް ޓޯސްޓް ކޮށްގެންނެވެ. ގައިމުވެސް ޓޯސްޓް ކުރުމުން ޕާނުގެ ރަހަ މީރުވާކަމަށް ގިނަ މީހުން ބުނެ އެވެ.

ހަމަ އެކަނި ރަހަ މީރުވަނީކީ ނޫނެވެ. ޕާން ޓޯސްޓް ކުރުމުން ގިނަ ސިއްހީ ފައިދާތަކެއްވެސް އެބަ ހުއްޓެވެ.

އޭގެތެރޭން އެއް ކަމަކަކީ ހަކުރު ބަލި ހުންނަ މީހުންނަށް ސިއްހީ ގޮތުން ފައިދާ ބޮޑީ ޕާން ޓޯސްޓް ކުރުމުން ކަމުގައި ވުމެވެ. މިކަން ހާމަވެފައިވަނީ މި އަހަރުގެ މެއި މަހު ޔޫރަޕިއަން ކްލިނިކަލް ނިއުޓްރިޝަން ގައި ޝާއިޢޫ ކޮށްފައިވާ ދިރާސާއެއްގައި އެވެ.

ބޭރަށް ހިންގާނަމަ ޓޯސްޓް ޕާނަކީ އެހީއަކަށް ވެ އެވެ. ބޭރަށް ހިންގާނަމަ ޓޯސްޓްކޮށްފައިވާ ޕާނާއެކު އެޕަލް ސޯސް، ބަތް އަދި ދޮންކޭލަކީ ރަނގަޅު ކެއުންތަކެވެ.

ޓޯސްޓް ނުކޮށް ހުންނަ ޕާނަށްވުރެ ޓޯސްޓް ކޮށްފައި ހުންނަ ޕާނުން ހަކަތަވެސް އިތުރު ކޮށްދެ އެވެ. ދުވަހުގެ ފެށުމަށް ޓޯސްޓް ކޮށްފައިވާ ޕާން ހިޔާރު ކުރުމަކީ ރަނގަޅު ފެށުމެކެވެ.

ނަމަވެސް ދިރާސާތަކުން ދައްކާގޮތުގައި ޕާން މާ ބޮޑަށް ޓޯސްޓް ކޮށްފިނަމަ އޭގެ ސިއްހީ ފައިދާ ދަށްވާ ގޮތް ވެ އެވެ. އެހެންކަމުން ޓޯސްޓް ކުރާއިރު ރަނގަޅު ކުޑަކޮށް ފިހޭ ވަރަށް ޓޯސްޓް ކޮށްލުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް