އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު ސީރިއަސް ހާލަތުގައި

އައްޑޫ ސިޓީގައި މިރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ. އައްޑޫލައިވްގައި ރިޕޯޓް ކޮށްފައިވާގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ފޭދޫ ބޮޑު މ...

26 Jun 2018 | 22:49

އައްޑޫ ސިޓީގައި މިރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

އައްޑޫލައިވްގައި ރިޕޯޓް ކޮށްފައިވާގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ފޭދޫ ބޮޑު މަގުގައި ހުންނަ ޓެޓްސޯ ރެސްޓޯރެންޓު ކައިރިން ދެ ސައިކަލް ޖެހިގެންނެވެ. އެކްސިޑެންޓު ހިނގާފައިވަނީ މިރޭ ދަންވަރު 1:30 ހާއިރު ކަމަށާއި މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާ ލިބިފައިވަނީ ފޭދޫ އަފްރާހް ނަމަކަށް ކިޔާ ޒުވާނަކަށް ކަމުގައި އައްޑޫލައިވްގައި ރިޕޯޓް ކޮށްފައި ވެ އެވެ.

އެ ނޫހުގައި ރިޕޯޓް ކޮށްފައިވާގޮތުގައި ދެވަނަ ސައިކަލު ދުއްވަން އިން މީހާއަށްވެސް ބޮޑެތި އަނިޔާތަކެއް ލިބިފައި ވެ އެވެ.

މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ބޮލުން ލޭ ފައިބަމުން ދިޔަ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހޭނާރާކަމުގައިވެސް އައްޑޫލައިވްގައި ރިޕޯޓް ކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް