ތައިވާނުގައި ވަޅި މަސާޖު ވައިގަ ހިފައިފި

ތައިވާނުގައި ކުރަމުން އަންނަ ތަފާތު މަސާޖެއް ކަމުގައިވާ "ވަޅި މަސާޖު" ކުރުމަށް ދުނިޔޭގެ އެކި ގައުމުތަކުން ތައިވާނަށް މީހުން ދަތުރު ކުރަމުން އަންނަ ކަމުގައި އެ ގައުމުން ބުނެފި އެވެ. މި މަސާޖު ކޮށްދޭ ފަ...

27 Jun 2017 | 16:03

ތައިވާނުގައި ކުރަމުން އަންނަ ތަފާތު މަސާޖެއް ކަމުގައިވާ "ވަޅި މަސާޖު" ކުރުމަށް ދުނިޔޭގެ އެކި ގައުމުތަކުން ތައިވާނަށް މީހުން ދަތުރު ކުރަމުން އަންނަ ކަމުގައި އެ ގައުމުން ބުނެފި އެވެ.

މި މަސާޖު ކޮށްދޭ ފަރާތްތަކުން ބުނާގޮތުގައި ވަޅި މަސާޖަކީ ހަށިގަނޑުގައި ހުންނަ "ނުރަނގަޅު ހަކަތަ" ބޭރުކޮށްދޭ މަސާޖެކެވެ.

މި މަސާޖަކީ މީގެ ދެހާސް އަހަރު ކުރީގެ މަސާޖެއް ކަމަށް މިކަން ކުރާ ފަރާތްތަކުން ބުނެ އެވެ. ނަމަވެސް މި މަސާޖު އަލުން ވައިގައި ހިފާފައިމިވަނީ މިކަން އާލާ ކުރުމަށް ބަޔަކު މަސައްކަތް ފެށުމުންނެވެ. މި މަސާޖު ކުރިއަށްގެންދާ ގޮތަކީ ވަކި މިއުޒިކަކަށް ފެތޭގޮތަށް ވަޅިން މަޑު މަޑުން ބުރަކަށީގައި ތެޅުމެވެ.

މިކަން ކުރުމަށް ބޭނުން ކުރަނީ ބަދިގޭގައި މަސް ކަނޑަން ބޭނުންކުރާ ވައްތަރުގެ ވަޅި އެވެ. މި މަސާޖު ކުރާއިރު އެއްވެސް ވަރަކަށް އަނިޔާއެއް ނުވާނެ ކަމުގައި މި މަސާޖުކުރާ ފަރާތްތަކުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް