ބަރަކާތްތެރި ފިތުރު ޢީދް އާއި ގުޅުވަގެން މޯލްޑިވިއަން އިން 50 ފަސެންޖަރަކަށް ޢީދު ޙަދިޔާ ދީފިއެވެ.
ޙަދިޔާ ގެ ގޮތުގައި ދީފައިވަނީ ރާއްޖޭގެ ކޮންމެ މަންޒިލަކަށް ދަތުރުކުރަން ދެކޮޅު ޓިކެޓް އެވެ.
މި އީދު ހަދިޔާ ލިބުނީ އީދު ދުވަހު އެ އެއާލައިނުން ރާއްޖޭގެ އެތެރޭގެ މަންޒިލްތަކަށް ދަތުރުކުރި މީހުންގެ މެދުގައި ގުރުލައިގެން ނެގި 50 މީހުންނަށެވެ.
މޯލްޑިވިއަނުން ބުނީ، ފިތުރު އީދުދުވަހު މޯލްޑިވިއަނުންކުރި ދަތުރުތަކަށް ވަރަށްބޮޑު ތަރުހީބެއް ލިބިފައިވާކަމަށެވެ.
މޯލްޑިވިއަން އިން ހަދިޔާ ދިން އިރު ރާއްޖޭގެ ބޮޑެތި ހުރިހާ ކުންފުންޏަކުން ވެސް އީދު ހަދިޔާ ދިނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް