މާދަމައިން ފެށިގެން ކުޑަހުވަދޫ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށަން ނިންމައިފި

ދ. ކުޑަހުވަދޫގައި ތަރައްޤީ ކުރި އެއާޕޯޓަށް މާދަމާ އިން ފެށިގެން ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފިއެވެ. ގާތްގަނޑަކަށް 20 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ތަރައްގީކޮ...

27 Jun 2017 | 14:30

ދ. ކުޑަހުވަދޫގައި ތަރައްޤީ ކުރި އެއާޕޯޓަށް މާދަމާ އިން ފެށިގެން ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފިއެވެ.

ގާތްގަނޑަކަށް 20 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ތަރައްގީކޮށްފައިވާ މި އެއާޕޯޓް ހިންގާނީ ދާލު އެއާޕޯޓް ހޯލްޑިން ކުންފުނިންނެވެ.

އައިލެންޑް އެވިއޭޝަންގެ އޮފިޝަލަކު ވިދާޅުވީ، މާދަމާ އިން ފެށިގެން އެ ރަށު އެއާޕޯޓަށް ކޮންމެ ދުވަހަކުވެސް އެއް ފްލައިޓް ބާއްވާގޮތަށް ޝެޑިއުލްކޮށްފައިވާއިރު، އެއްކޮޅު ޓިކެޓެއްގެ އަގު ފެށެނީ 888ރ. އަށް ކަމަށެވެ.

ދާލު އެއާޕޯޓްގައި އަޅާފައި ވަނީ 1800 މީޓަރުގެ ރަންވޭއެކެވެ. އެ ރަންވޭގައި ޖެޓު ޖެއްސޭނެ ކަމަށް ވާރިއޯލޯ ގްރޫޕުން ބުނެއެވެ. އަދި މި އެއާޕޯޓާއެކު އެ އަތޮޅު ކަނޑިމާގައި 275 ކޮޓަރީގެ ރިސޯޓެއް ހުޅުވަން ވެސް ދަނީ ތައްޔާރުވަމުންނެވެ.

ކުޑަހުވަދޫ ގައި ތަރައްގީ ކޮށްފައިވާ "ދާލު އެއާޕޯޓަށް" ފުރަތަމަ ފްލައިޓް ޖައްސާފައި ވަނީ މި މަހުގެ އެއް ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް