މީގެ ވިހި އަހަރު ކުރިން ޗައިނާގައި މަސްނޫޢީ ސިކުނޑި ނުވަތަ ކޮމްޕިއުޓަރެއް ނުވެސް ހުރެ އެވެ. އެކަމަކު މިހާރު ދުނިޔޭގެ އެންމެ ވަރުގަދަ މަސްނޫވީ ސިކުނޑި ހުރީ ޗައިނާގަ އެވެ.
ޗައިނާއިން އެ ޤައުމުގައި އަމިއްލަ މަސްނޫވީ ސިކުނޑީގެ ޗިޕްސް (ކޮމްޕިއުޓަރ ޗިޕްސް) އުފެއްދީ 2001 ގަ އެވެ. މިއަދާ ހަމައަށް އައިރު މަސްނޫވީ ސިކުނޑީގެ ޗިޕްސް އުފެއްދުމުގައި ޗައިނާއިންވަނީ ބޮޑު ކާމިޔާބީތަކެއް ހޯދާފަ އެވެ.
އެގޮތުން ޗިޕްސްގެ ބާރުގައި ދުނިޔޭގައި މިހާރު ހުރި އެންމެ ވަރުގަދަ މަސްނޫވީ ސިކުނޑި ޗައިނާއިންވަނީ އުފައްދާފަ އެވެ.
ސަންވޭ ޓައިހޫ ލައިޓް ކިޔާ އެ މަސްނޫވީ ސިކުނޑީގައި 41،000 ޗިޕްސް އެކުލެވެ އެވެ. އަދި އެއިން ކޮންމެ ޗިޕްސްއަކުން ކޮންމެ ސިކުންތަކު 93 ކުއާޓްރިލިއަން ބާރުމިނުގައި ހިސާބުތައް ހަދަ އެވެ. އެއީ ދުނިޔޭގައި ދެން ހުރި އެންމެ ވަރުގަދަ މަސްނޫވީ ސިކުނޑީގެ ބާރުމިނަށްވުރެ ދެ ގުނަ ވަރުގަދަ އަދަދެކެވެ. އެ މަސްނޫޢީ ސިނކުޑިއަކީވެސް ޗައިނާގެ އުފެއްދުމެކެވެ.
މިފަދަ ބާރު ސްޕީޑެއްގައި މަސައްކަތްކުރާ މަސްނޫޢީ ސިކުނޑިއަކުން މީހަކު ލޯމަރާލަފައި ހުޅުވާލަން ނަގާ ވަގުތައްވުރެ އަވަހަށް ކަންތައްތައް ކޮށްލެވޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް