ކެނެޑާގެ ސްނައިޕަރެއް އިރާޤުގައި އައިއެސް ޖަމާއަތާއި ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމާގައި 2.1 މޭލު ދުރުގައި ހުރެ އެ ޖަމާއަތުގެ ހަނގުރާމަވެރިޔަކަށް ހަމަލާދީ މަރާލައި، ދުނިޔޭގެ ރެކޯޑު ޤާއިމްކޮށްފި ކަމަށް ކެނެޑާގެ ޤައުމީ ދިފާއީ ބާރުން ބުނެފި އެވެ.
ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި ކެނެޑާގެ ދިފާޢީ ބާރުން އިތުރު މައުލޫމާތެއް މީޑިއާއަށް ޚިއްޞާކޮށްފައެއް ނުވެ އެވެ.
ދަ ގުލޯބް އަދި މެއިލް ނޫހުން ރިޕޯޓުކުރާގޮތުގައި އެ ޙަމަލާދީފައިވަނީ އިރާޤު މޫސަލް ސިޓީގައި ހުންނަ އުސްއިމާރަތެއްގެ މަތިންކަމަށާއި އަދި ޙަމަލާދޭން ބޭނުންކޮށްފައިވަނީ އެމްސީމިލަން ޓެކް-50 ގެ ބަޑިއަކުންނެވެ.
އެންމެ ދުރުގައި ހުރެ ޙަމަލާދީގެން ހަނގުރާމަވެރިޔަކު މަރާލުމުގެ ރެކޯޑު މީގެ ކުރިން އޮތީ އިނގެރޭސިވިލާތުގެ ކޯޕްރަލް ކްރެއިގް ހެރިސަންގެ އަތުގަ އެވެ. 2009 ވަނަ އަހަރު އޭނާ އެ ރެކޯޑު ޤާއިމްކުރީ 1.4 މޭލުގެ ދުރުމިނުގައި ހުރެ ޙަމަލާދީގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް