އިނގެރޭސިވިލާތުގެ މަޝްޙޫރު ވާހަކަ ލިޔުންތެރިޔާ ޖޭކޭ ރޯލިންގެ އެންމެ ބޮޑު މަޤުބޫލުކަމެއް ލިބުނު އިނގެރޭސި ވާހަކަ ފޮތް "ހެރީ ޕޮޓާރ އެންޑް ދަ ފިލޯސޮފާރސް ސްޓޯން" ޝައިޢުކުރިތާ ވިހި އަހަރުފުރުން އިއްޔެ ފާހަގަކޮށްފި އެވެ.
އެ ވާހަކަ ފޮތް ޝާއިޢުކުރީ 26 ޖޫން 1997 ގަ އެވެ. އޭގެފަހުން މިހާތަނަށް އެ ވާހަކަ ފޮތުގެ 450 މިލިއަން ކޮޕީ ދުނިޔޭގެ އެކި ހިސާބުތަކުގައި ވިއްކާފައިވެ އެވެ. އަދި ތަފާތު 79 ބަހަކުން ތަރުޖަމާކޮށްގެންވެސް ވިއްކާފައިވެ އެވެ.
ޖާދޫއީ ދުނިޔެއެއްގެ ވާހަކަތައް ގެނެސްދޭ އެ ވާހަކައިގެ މައްޗަށް ބިނާކޮށް މިހާރުވަނީ ފިލްމުތައްވެސް ހަދާފަ އެވެ.
ރޯލިން ހެރި ޕޯޓާރގެ ފުރަތަމަ ވާހަކަ ފޮތް ލިޔުނުތަންކަމަށްވާ ސްކޮޓްލޭންޑުގެ އެޑިންބާރގުގައި ހުންނަ ދަ ވައިޓް އެލެފެންޓް ކޭފޭ އަކީ މިހާރު ދުނިޔޭގެ ބައިނަލްއަޤުވާމީ މަޝްޙޫރު ޓޫރިސްޓް ޑެސްޓިނޭޝަންއެކެވެ.
https://twitter.com/jk_rowling/status/879284927258386433
ރޯލިންގެ ވާހަކަތައް ޝާއިޢުކުރާ ފަރާތްކަމުގައިވާ ބްލޫމްސްބަރީ އިން ހެރި ޕޮޓާރގެ ވިހި ވަނަ އަހަރީ ދުވަހާއި ގުޅިގެން އެ ވާހަކަ ފޮތުގެ ހިމެނޭ ހޮގްވާރޓްސް ސްކޫލް އޮފް ވިޒްކްރާފްޓް އެންޑް ވިޒާޑްރީގެ ކޮންމެ ހައުސްއަކަށް ވަކިވަކިން އެ ވާހަކައިގެ އިތުރު އެޑިޝަނެއް ނެރުމަށް މިހާރުވަނީ ހަމަޖެހިފަ އެވެ.
https://twitter.com/itsdougthepug/status/879353102947803137
https://twitter.com/sadfishkid/status/879348159822127104
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް