ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިރޭވެސް ބާއްވަން ނިންމައިފި އެވެ.
މިއަދު ހެނދުނު11:00 ފެށި މަޖިލީހުގެ ޖަލްސާ މެންދުރު ފަހު ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިރޭ9:00 ގައި މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށެވެ. މި ޖަލްސާ ބާއްވަނީ ކައުންސިލްތަކުގެ ދައުރު ހަމަވާތީ ގާނޫނު އަސާސީއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް ކުރުމަށެވެ.
މި މައްސަލައިގަ އާ ދެކަމަކަށް ދަނީ ބަހުސް ކުރެވެމުންނެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެޖޯރިޓީ މެންބަރުން ތާއީދު ކުރައްވަނީ ސަރުކާރުން ހުށަހެޅުއްވި ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރާށެވެ. ބައެއް މެންބަރުން އެކަމަށް ދެކޮޅު ހައްދަވާތީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ މިއަދުގެ ޖަލްސާގައި ވަނީ ވަނީ އެ މައްސަލައިގަ ހައްލެއް ހޯދަން ޝުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ގަރާރެއް ހުށަހަޅުއްވާފައި އެވެ.
އެމްޑީޕީގެ މެންބަރުންގެ ތެރެއިން ގާނޫނު އަސާސީ އިސްލާޙު ކުރަން ތާއީދު ކުރެއްވީ43 މެންބަރުންނެވެ. ދެކޮޅަށް13 މެންބަރުން އެބަތިއްބެވި އެވެ.
ކޯވިޑް-19 އާއި ގުޅިގެން މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިޔަށް ގެންދިއުމަށް ފަހު އިއްޔެ ތަޅުމުގައި ޖަލްސާތައް ފެށީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަން ވެގެންނެވެ. ގާނޫނުއަސާސީ އަށް އިސްލާހެއް ގެންނަން ރައްޔިތުންގެ މަޖިލީހުގެ 87 މެމްބަރުންގެ ތިންބައިކުޅަ ދެބައި މެމްބަރުންގެ ވޯޓް ބޭނުންވާނެ އެވެ.
މާލޭ ސިޓީ ލޮކްޑައުންގައި ވަނިކޮށް ތަޅުމުގައި ޖަލްސާ ބޭއްވުމުގެ ހުއްދަ އެޗްޕީއޭއިން ދިނީ މި މައްސަލަ ކޮންމެހެން ކުރިޔަށް ގެންދަން ޖެހޭތީ އެވެ. މިހާރު ތިބި ކައުންސިލަރުންގެ ދައުރު ޖޫން ހަތަރު ވަނަ ދުވަހު ހަމަވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް