ޕާކިސްތާނުގައި ޑޮކްޓަރެއްގެ އިހުމާލުން 500 އަށްވުރެ ގިނަ ކުޑަކުދިން އެޗްއައިވީއަށް ޕޮޒިޓިވް ވެއްޖެ

ޕާކިސްތާނުގެ ދެކުނުގެ ސިންދު ޕްރޮވިންސްގައި ޑޮކްޓަރެއްގެ އިހުމާލުން 500 އަށްވުރެ ގިނަ ކުޑަކުދިން އެޗްއައިވީ އަށް ޕޮޒިޓިވް ވެފައިވާކަމުގައި ޕާކިސްތާނުން ބުނެފިއެވެ. ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ބ...

27 May 2019 | 10:46

ޕާކިސްތާނުގެ ދެކުނުގެ ސިންދު ޕްރޮވިންސްގައި ޑޮކްޓަރެއްގެ އިހުމާލުން 500 އަށްވުރެ ގިނަ ކުޑަކުދިން އެޗްއައިވީ އަށް ޕޮޒިޓިވް ވެފައިވާކަމުގައި ޕާކިސްތާނުން ބުނެފިއެވެ.

ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވާގޮތުގައި ޖުމްލަ 681 މީހަކު އެޗްއައިވީއަށް ޕޮޒިޓިވް ވެފައިވެއެވެ. އޭގެތެރޭގައި އުމުރުން 12 އަހަރުން ދަށުގެ 537 ކުޑަކުދިން ހިމެނެއެވެ. މިކަން މި މަގުން ހިނގަން މެދުވެރިވީ ބޭނުންކޮށްފައިހުރި ސިރިންޖުތަކެއް ބޭނުން ކުރުމުގެ ސަބަބުން ކަމަށް ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ މި މައްސަލަ ފެންމަތިވުމުން ސިންދު ޕްރޮވިންސްގެ ރާޓޯ ޑޭރޯ އިން 21 ހާހަށްވުރެ ގިނަ މީހަކު ސްކްރީން ކޮށްފައިވެއެވެ.

ޕާކިސްތާނަކީ އެންމެ ބާރު ސްޕީޑެއްގައި އެޗްއައިވީ ފެތުރޭ އެއް ގައުމު ކަމުގައި ފާހަގަކުރެވޭއިރު 2017 ވަނަ އަހަރު އެކަނިވެސް އެ ގައުމުން ވިހި ހާހަށްވުރެ ގިނަ މީހަކު އެޗްއައިވީއަށް ޕޮޒިޓިވް ވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް