ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ތ. އަތޮޅުގެ ހަތަރު ރަށެއްގައި ފެންބޮޑުވެއްޖެ

މިއަދު ހެނދުނުން ފެށިގެން މެދުކެނޑުމެއްނެތި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ތ. އަތޮޅުގެ ހަތަރު ރަށެއްގައި ފެންބޮޑުވެއްޖެ އެވެ. ފުލުހުން މައުލޫމާތު ދޭގޮތުގައި، ފެން ބޮޑުވެފައި ވަނީ ތ. އަތޮޅުގެ ވޭމަންޑޫ، ...

27 May 2019 | 09:22

މިއަދު ހެނދުނުން ފެށިގެން މެދުކެނޑުމެއްނެތި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ތ. އަތޮޅުގެ ހަތަރު ރަށެއްގައި ފެންބޮޑުވެއްޖެ އެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި، ފެން ބޮޑުވެފައި ވަނީ ތ. އަތޮޅުގެ ވޭމަންޑޫ، ތިމަރަފުށީ، ކިނބިދޫ އަދި އޮމަދޫގައެވެ.

ވޭމަންޑޫގައި ފެން ބޮޑުވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ކައުންސިލުން ގުޅިގެން ފެން ބޭރުކުރަން ކޯރު ކެނޑުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ތިމަރަފުށީގައި ފެންބޮޑުވުމުގެ ސަބަބުން ޕަމްޕް ޖައްސައިގެން ސިފައިނުން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައެވެ. ތިމަރަފުށީގެ އިތުރުން ކިނބިދޫގެ 4 ސަރަހައްދެއްގައި ވެސް ކޯރު ކެނޑުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

އޮމަދޫގައި ފެންބޮޑުވުމުގެ ސަބަބުން ފުލުހުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް ފުލުހުން އިތުރަށް ވިދާޅުވިއެވެ.

ހުރިހާ ރަށެއްގައި ވެސް ފެންބޮޑުވުމުގެ ސަބަބުން ގޭގެއަށް ފެން ވަނަ ނުދިނުމަށް ވެލި ބަސްތާ ޖަހައިދިނުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް