އަދީބުގެ މައްޗަށްކުރި 10 އަހަރުގެ ޖަލު ހުކުމް ބާތިލު ކޮއްފި

ފިސްތޯލެއް ގެންގުޅުނުކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރި 10 އަހަރުގެ ޖަލު ހުކުމް މިއަދު ސުޕްރީމް ކޯޓުން ބާތިލުކޮއްފިއެވެ. މި ހުކްމް އަދީބުގެ ފަރާތުން ހައިކޯޓުގައި އިސްތިއު...

27 May 2019 | 09:22

ފިސްތޯލެއް ގެންގުޅުނުކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރި 10 އަހަރުގެ ޖަލު ހުކުމް މިއަދު ސުޕްރީމް ކޯޓުން ބާތިލުކޮއްފިއެވެ.

މި ހުކްމް އަދީބުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް ހައިކޯޓުން ވަނީ އެ ހުކުމް ދަމަހައްޓާފައެވެ. އަދި އެއަށްފަހު މި ހުކުމް އަދީބުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. މިއަދު އޮތީ ސުޕްރީމް ކޯޓުން ބެލި އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުމެވެ.

މި މައްސަލާގެ ސުޕްރީމްކޯޓުގެ އަޑުއެހުމުގައި ވާހަކަދައްކަވަމުން އަދީބު ވިދާޅުވެފައިވަނީ ފިސްތޯލައެއް ގެންގުޅުނުކަމަށް ދައުވާ އުފުލާފައިވަނީ ސިޔާސީ މަގްސަދެއް ހާސިލުކުރުމަށް ކަމަށެވެ. އަދި އޭނާއާއި ދެކޮޅަށް ދިން ސިއްރު ހެކިން ދިން ހެކިބަހަކީ ކަނޑައެޅިގެން ދޮގު ހެކިބަސްތަކެއް ކަމަށާއި، ދުވަހަކުވެސް ފިސްތޯލެއް ނުގެންގުޅުއްވާކަމުގައި އަޙްމަދު އަދީބު ވަނީ ވިދާޅުވެފައެވެ.

އެ މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ޕީޖީ އޮފީހުގެ ފަރާތުން އަދީބަށް ހުކުމްކޮށްފައި ވަނީ ގޯސްކޮށް ކަމަށް އެއްބަސްވެފައެވެ. އަދި ގޯސްކޮށް ކުރާ ހުކުމެއް ޖެހޭނީ ބާތިލު ކުރަން ކަމަށް އަޑުއެހުމުގައި ވަނީ ބުނެފައެވެ.

މޭޑޭގައި ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނާ މައްސަލާގައި އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކޮއްފައިވަނީ 5 ޖޫން 2016 ގައެވެ.

ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަހުމަދު އަދީބުގެ މައްޗަށް ކުރިމިނަލްކޯޓުން އިއްވާފައިވާ 15 އަހަރުގެ ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން އަމުރުކުރީ މި މަހުގެ 20 ވަނަދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް