ހިންދީ މީޑިއަމްގެ ސީކުއަލް، އަންގްރޭޒީ މީޑިއަމް އަށް އިރްފާން ހުރީ ތައްޔާރަށް

ކެންސަރު ބައްޔަށް ލަންޑަނުން ފަރުވާ ހޯދުމަށްފަހު އިރުފާން ޚާންގެ ފުރަތަމަ ފިލްމް އަންގްރޭޒީ މީޑިއަމް އަށް އޭނާ ހުރީ ފިޓްކޮށް ކަމަށް އިންޑިއާގެ ރިޕޯޓްތައް ބުނެފިއެވެ. މި ފިލްމަކީ 2017 ވަނަ އަހަރު ރިލީޒ...

27 May 2019 | 08:55

ކެންސަރު ބައްޔަށް ލަންޑަނުން ފަރުވާ ހޯދުމަށްފަހު އިރުފާން ޚާންގެ ފުރަތަމަ ފިލްމް އަންގްރޭޒީ މީޑިއަމް އަށް އޭނާ ހުރީ ފިޓްކޮށް ކަމަށް އިންޑިއާގެ ރިޕޯޓްތައް ބުނެފިއެވެ.

މި ފިލްމަކީ 2017 ވަނަ އަހަރު ރިލީޒް ކުރި ހިޓް ފިލްމް ހިންދީ މީޑިއަމްގެ ސީކުއަލް އެއް ކަމަށް ފިލްމްގެ ޕްރޮޑަކްޝަނުން ބުނެއެވެ. މި ފިލްމްގެ ޝޫޓިންގ ޔޫކޭ ގައި ކުރިއަށް ދާއިރު، މަދު ދުވަސްކޮޅެއްގެ ތެރޭގައި އިރުފާން ޔޫކޭ އަށް ފުރާނެ ކަމަށް ބޮލީވުޑް ހަބަރުތައް ބުނެއެވެ.

މި ފިލްމުން އިރުފާންގެ އިތުރުން ދެން ފެނިގެން ދާނީ ރާދިކާ މަދަން އަދި ކަރީނާ ކަޕޫރް އެވެ. ރާދިކާ މި ފިލްމުން އިރްފާންގެ ދަރިފުޅުގެ ރޯލުން ފެނިގެން ދާއިރު ކަރީނާ ފެނިގެން ދާނީ ޕޮލިހެއްގެ ރޯލުންނެވެ. މި ދެ ތަރިން ޖޫން މަހުގެ ތެރޭގައި ޝޯޓިންގ އަށް ލަންޑަނަށް ދާނެއެވެ.

މި ފިލްމްގެ ބޮޑު ބައި ޝޫޓް ކުރަން ހަމަޖެހިފައި ވަނީ ޔޫކޭ ގައެވެ.

މި ފިލްމްގެ ޑައިރެކްޓަރަކީ ހޮމީ އަދަޖާނިއާ އެވެ. މި ފިލްމް ސްކްރީނަށް އަންނާނީ އަންނަ އަހަރުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް