މަސްދޯނިފަހަރުގައި ލޮނުފެނުން މަސްފިނިކުރާ ނިޒާމް ގާއިމްކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު އިތުރުކޮއްފިއެވެ.
ފިޝަރީޒް މިނިސްޓްރީއިން ކޮއްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ފިޝަރީޒް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން "ކަނޑުފަޅުގެ ނަފާ" ގެ ނަމުގައި މަސްދޯނިފަހަރުގައި ލޮނުފެނުން މަސްފިނިކުރާ ނިޒާމް ގާއިމްކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު 26 މެއި އަށް ހަމަވުމާ ގުޅިގެން މިއަދުން ފެށިގެން އެއް މަސްދުވަހުގެ މުއްދަތު ލޯނަށް އެދި ހުށަހެޅުމަށް އިތުރު ކޮއްފައިވާ ކަމަށެވެ.
މި ލޯނުން ޖުމްލަ ދޫކުރެވޭނީ ތިން މިލިއަން އައްޑިހަ ހަތަރު ހާސް ރުފިޔާއެވެ.
މި ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން 25 ޖޫން 2019 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ. އަދި މި ލޯނަށް އެދޭ ފޯމު ބަލައިގަންނާނީ އެސް.ޑީ.އެފް.ސީ އިންކަމަށް މި އިއުލާނުގައިވަނީ ބުނެފައެވެ.
މީގެއިތުރުން މިލޯނާއި ބެހޭ އުޞޫލާއި، ލޯނަށްއެދޭ ފޯމް ސަރުކާރު ރަސްމީ ގަޑީގައި، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިންނާއި ސްމޯލް އެންޑް މީޑިއަމް އެންޓަރޕްރައިސަސް ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން އިން އަދި އެސް.ޑީ.އެފް.ސީ ގެވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް މި އިއުލާނުގައި ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް