200 އަށްވުރެ ގިނަ ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުމަށް އިޢުލާންކޮށްފިއެވެ.
ހެލްތް މިނިސްޓްރީން ވަނީ ތަފާތު 16 ދާއިރާއަކުން އަތޮޅު ހޮސްޕިޓަލުތަކާއި ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ 206 ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުމަށް އިޢުލާންކޮށްފައެވެ.
މި ދާއިރާތަކުގެ ތެރޭގައި، އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންނާއި، ހޭނައްތާ ޑޮކްޓަރުންނާއި ކަށީގެ ބަލިތަކާއި، އޮޕަރޭޝަނަށް ޚާއްޞަ ޑޮކްޓަރުންނާއި، ހަމުގެ ބަލިތަކާއި، ކުޑަކުދިންގެ ބަލިތަކުގެ އިތުރުން ނަފްސާނީ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންނާއި އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންގެ އިތުރުން ކަރުންމަތީގެ ޚާއްޞަ ޑޮކްޓަރުންނާއި ލޮލުގެ ޚާއްޞަ ޑޮކްޓަރުން ފަދަ ދާއިރާތައް ހިމެނެއެވެ.
މި ދާއިރާތަކަށް ކުރިމަތިލާ ސްޕްޝަލިސްޓް ޑޮކްޓަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކެއްވަނީ ހާމަކޮއްފައެވެ.
އެގޮތުން މެޑިކަލް އޮފިސަރގެ ޝަރުޠު ހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ 3 ނުވަތަ 4 އަހަރު ދުވަހަށްވުރެ ކުރުނޫން އެމްޑީ/އެމްއެސް ނުވަތަ އެއާ އެއްފެންވަރުގެ ޑިގްރީއެއް މެޑިކަލް ސްޕެޝަލްޓީއަކުން ނުވަތަ ސަބްސްޕެޝަލިޓީއަކުން ހާސިލްކޮށްފައިވުން ހިމެނެއެވެ. އަދި މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ސްޕެޝަލިސްޓެއްގެ ގޮތުގައި ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.
މި މަޤާމުތަކަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 09 ޖޫން 2019 ގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް