މާލޭ ގްރޭންޑުން ބިއްލޫރިގަނޑެއް ވެއްޓި މީހަކަށް ޒަހަމްވެއްޖެ

މާލޭ ގްރޭންޑުން ބިއްލޫރިގަނޑެއް ވެއްޓި މީހަކަށް ޒަހަމްވެއްޖެއެވެ. މި ހާދިސާ 12:10 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮއްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ބުނެފައިވަނީ މިހާދިސާގައި އަނިޔާވެފައ...

27 May 2019 | 08:15

މާލޭ ގްރޭންޑުން ބިއްލޫރިގަނޑެއް ވެއްޓި މީހަކަށް ޒަހަމްވެއްޖެއެވެ.

މި ހާދިސާ 12:10 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮއްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނެފައިވަނީ މިހާދިސާގައި އަނިޔާވެފައިވަނީ 36 އަހަރުގެ އަންހެނަކަށް ކަމަށާއި އޭނާގެ އަތްތިލައިން ތަންކޮޅެއް ކަފައިގެން ގޮސްފައިވާ ކަމަށެވެ. އަދި މި ބިއްލޫރިގަނޑު ވެއްޓިފައިވަނީ ހަތަރުވަނަ ފަންގިފިލާއިން ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް