ފ. ދަރަނބޫދޫގައި ބަޔަކު ހައްޖަށް ދާން ރައްކާކޮށްފައިވާ ހުރި ފައިސާތަކެއް ވަގަށް ނަގައިފިއެވެ.
މިހާދިސާ ފުލުހަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ މެންދުރު 14:03 ހާއިރު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ވިދާޅުވީ ފައިސާ ގެއްލިފައި ވާކަން ވެރިފަރާތަށް އެނގިފައި ވަނީ 25 ވަނަ ދުވަހު ކަމަށާއި، ގެއްލިފައި ވަނީ 3 ލައްކަ ރުފިޔާ ކަމުގައެވެ. އަދި އެ ފައިސާ އަކީ 3 މީހަކު ހައްޖަށް ދިއުމަށް ރައްކާކޮށްފައިވާ ހުރި ފައިސާތަކެއް ކަމުގައި ވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާއި، މި މައްސަލަ ތަހުގީގް ކުރަމުން އަންނަ ކަމަށް ފުލުހުން އިތުރަށް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް