ދޫކުރަން ނުޖެހޭ ކުއްވެރިއަކު ޖަލުން މިނިވަން ކުރި މައްސަލައެއްގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކު ސަސްޕެންޑް ކޮށްފި އެވެ.
ސަސްޕެންޑް ކޮއްފައިވަނީ އޮފެންޑާ މެނޭޖްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރަމުން އައި ސްޓާފް ސާޖެންޓެކެވެ. އޭނާ ސަސްޕެންޑް ކޮއްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭނާ އަކީ ކުށްވެރިން ދޫކުރަން ޗިޓް ހަދާ މީހާ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވަނީ މިދިޔަ ހަފްތާ ތެރޭގައި މިނިވަން ކުރަން ނުޖެހޭ މީހަކު މިނިވަން ކުރުމަށް ޗިޓު ހަދައި، އެ ޗިޓުގައި އެ ޑިޕާޓްމަންޓުގެ ވެރިޔާ އާއި ކޮމިޝަނާ އޮފް ޕްރިޒަން ސޮއިކުރެއްވުމަށް ފަހު އެ ކުށްވެރިޔާ މިނިވަން ކޮއްފައެވެ. އެހެންނަމަވެސް ކުއްވެރިޔާ މިނިވަން ކުރެވުނީ އޮޅުމަކުންކަން އެނގުމާއެކު އޭނާވަނީ އަލުން ޖަލަށް ގެންގޮސްފައެވެ.
މި މައްސަލައިގައި ކަރެކްޝަނަލް ސާވިސްގެ އޮފިސަރު ސަސްޕެންޑް ކޮށްފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ. އަދި އޭނާއާ ދޭތެރޭ އިތުރު ފިޔަވަޅު އެޅުމަށް ވަނީ ޑިސިޕްލިނަރީ ބޯޑަށް ފޮނުވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް