މަކުނުދޫ އިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ހދ. މަކުނުދޫ އިން މަސްތުވާތަކެއްޗާއި އެކީ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ، އެމީހާ ހައްޔަރުކޮށްފައި ވަނީ ހދ. އަތޮޅުގައި ދުއްވާ އަތޮޅު ފެރީން މަކުނުދޫ އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ...

27 May 2019 | 07:50

ހދ. މަކުނުދޫ އިން މަސްތުވާތަކެއްޗާއި އެކީ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، އެމީހާ ހައްޔަރުކޮށްފައި ވަނީ ހދ. އަތޮޅުގައި ދުއްވާ އަތޮޅު ފެރީން މަކުނުދޫ އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނަކުން ކަމަށެވެ. އެފެރީ މަކުނުދޫ ބަނދަރާ ގާތްކުރި ވަގުތު ފެރީއަށް އަރާ ކޮތަޅެއް ހިފައިގެން ފައިބައިގެން ދަނިކޮށް މިމީހާ ހުއްޓުވައި ބަލައިފާސްކުރި އިރު، މި މީހާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރޭގައި އޮތް ފޯނެއްގެ ކަވަރުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައި ވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މީހާ ހައްޔަރުކޮށްފައި ވަނީ މިމަހުގެ 25 ވަނަ ދުވަހު 17:39 ހާއިރު އެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 24 އަހަރުގެ ފިރިހެނެކެވެ.

މި މީހާގެ ބަންދަށް މަކުނޫ ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. މަކުނުދޫ ޕޮލިސް ސްޓޭޝަނުން މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް