ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީން މިއަހަރުގެ ޖުލައިމަހު ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއަހަރުގެ ޖުލައި ސެމިސްޓަރއަށް އިއުލާން ކޮއްފައިވާ ކޯސްތަކުގެ ތެރޭގައި ޕީ.އެޗް.ޑީ ލެވެލްގެ 2 ކޯހަކާއި، މާސްޓަރސް ލެވެލްގެ 11 ކޯހަކާއި، ޕޯސްޓްގްރެޖުއޭޓް 3 ކޯހެއް ހިމެނެއެވެ. އަދި ބެޗްލަރސް ލެވެލްގެ 9 ކޯހަކާއި، އެސޯސިއޭޓް ޑިގްރީގެ 1 ކޯހެއް އަދި ޑިޕްލޮމާގެ 9 ކޯހެއްގެ އިތުރުން ސެޓްފިކެޓް ލެވެލް ގެ ޖުމްލަ 20 ކޯހެއް ހިމެނެއެވެ.
މި ކޯސްތަކުގެ ތެރޭގައި ހިމެނެނީ އެޑިޔުކޭޝަން، ޝަރީޢާ އެންޑް ލޯ، އިސްލާމިކް ފައިނޭންސް، ފިޤްހް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން، ލޯކަލް ގަވަރނަންސް އެންޑް އިމާމްޝިޕްގެ އިތުރުން ޖާނަލިޒަމް، ޤުރްއާން އަދި ލޭންގްއޭޖްގެ އެކި ކޯސްތަކެވެ.
މިކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ޖޫންމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް