ތ އަތޮޅުން ފެށިގެން ގދ އަތޮޅަށް ޔެލޯ އެލާޓް ނެރެފި

ތ އަތޮޅުން ފެށިގެން ގދ އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ. މި ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 09:00 އަކުން 12:00 ގެ ނިޔަލަށެވެ. އަދި އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އ...

27 May 2019 | 06:21

ތ އަތޮޅުން ފެށިގެން ގދ އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ.

މި ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 09:00 އަކުން 12:00 ގެ ނިޔަލަށެވެ. އަދި އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މީގެއިތުރުން ވ އަތޮޅުން އައްޑޫ ސިޓީއަށް ވެސް ވަނީ މިއަދު ހެނދުނު 08:00 އިން މެންދުރު 13:00 ގެ ނިޔަލަށް ވައިޓް އެލާޓް ނެރެފައެވެ.

މެޓް އޮފީހުން ބުނެފައިވަނީ މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ހަމައެއާއެކު މެޓް އޮފީހުން ވަނީ ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރުރުން އެކަށީގެންވާ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށްވާ ވެހުން އެކަށީގެންވާ ކަމަށް ބުނެފައެވެ.

ދެކުނުގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި  އެހެންހިސާބުތަކުގެ ކަނޑުތައް އާއްމު ގޮތެއްގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް