މާވެޔޮ މިސްކިތުން ބިއްލޫރި ޝީޓެއް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ

މާވެޔޮ މިސްކިތުން ބިއްލޫރި ޝީޓެއް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެއެވެ. ބިއްލޫރި ޝީޓް ވެއްޓުނީ އޭތި މައްޗަށް ނަގަން އުޅުމުގެ ތެރޭގައެވެ. ފުލުހުން ވިދާޅުވީ، މިއަދު 10:07 ހާއިރު ހިނގި މި ހާދިސާގައި އަނިޔ...

27 May 2019 | 06:21

މާވެޔޮ މިސްކިތުން ބިއްލޫރި ޝީޓެއް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ބިއްލޫރި ޝީޓް ވެއްޓުނީ އޭތި މައްޗަށް ނަގަން އުޅުމުގެ ތެރޭގައެވެ.

ފުލުހުން ވިދާޅުވީ، މިއަދު 10:07 ހާއިރު ހިނގި މި ހާދިސާގައި އަނިޔާވީ މާވެޔޮ މިސްކިތުގައި މަސައްކަތްކުރަން އުޅުނު ދެ ބިދޭސީންނަށް ކަމަށެވެ. މި ދެމީހުން މިހާރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްފައި ވާކަމަށް ވެސް ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މި ދެ މީހުންނަށް މާ ބޮޑު އަނިޔާއެއް ނުވާކަމަށާއި، އެކަކުގެ އުނަގަނޑަށް ތަދުވާކަމަށެވެ. އަދި އަނެއް މީހާގެ އިނގިއްޔެއް ކަފައިގެން ގޮސްފައި ވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި ދެމީހުންވެސް މަސައްކަތް ކުރަމުން ދިޔައީ ސޭފްޓީ ހެލްމެޓް އަޅައިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން މިހާރު ދަނީ އެސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް