ރާއްޖޭގައި 800 ޖާގައިގެ ކަރަންޓީން ފެސިލިޓީއެއް ހަދަން ޗައިނާއިން އެހީވަނީ

ރާއްޖޭގައި 800 މީހުންގެ ޖާގައިގެ ކަރަންޓީނު ފެސިލިޓީއެއް ހަދަން ޗައިނާއިން ރާއްޖެއަށް އެހީވާން ނިންމައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލި...

27 Apr 2020 | 09:12

ރާއްޖޭގައި 800 މީހުންގެ ޖާގައިގެ ކަރަންޓީނު ފެސިލިޓީއެއް ހަދަން ޗައިނާއިން ރާއްޖެއަށް އެހީވާން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި އޭނާ ވިދާޅުވެފައިވަނީ ރާއްޖެއިން އެހީތެރި ކަމަށް ގޮވާލި ގޮވާލުމަށް އިޖާބަދީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަންސްގެ ފަރާތުން މަސައްކަތު 100 މީހުންނާއި އެކަމަށް ބޭނުންވާ ސާމާނާއެކު ރާއްޖެ ފޮނުވަން ނިންމާފައިވާކަމަށެވެ. އެއީ ރާއްޖޭގައި 800 ޖާގައިގެ ކަރަންޓީން ފެސިލިޓީއެއް ތައްޔާރުކުރުމަށް ގެންނަ ތަކެއްޗާއި އަންނަ މީހުން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

https://twitter.com/AmbassadorZhang/status/1254646485947301889

މީގެ އިތުރުން ސަފީރު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހުޅުމާލޭގައި ގާއިމްކުރާ 327 އެނދުގެ ކަރަންޓީނު ފެސިލިޓީގެ މަރާމާތު މަސައްކަތުގައި އެހީވުމަށް ޗައިނާގެ ބެއިޖިންގ އާބަން ކޮންސްޓްރަކްޝަން ގްރޫޕް (BUCG) ގެ މަސައްކަތު 40 މީހުންގެ ޓާސްކް ފޯހެއް މިހާރު ފޮނުވާފައިވާނެ ކަމަށެވެ.

https://twitter.com/AmbassadorZhang/status/1254649262085820417

ޗައިނާއިން ރާއްޖެއަށް މިފަދަ އެހީތަކެއް ވަމުން އަންނައިރު ބަންގްލަދޭޝް އިން 10 މީހުންގެ މެޑިކަލް ޓީމެއް ފޮނުވާފައިވެއެވެ. މެޑިކަލް އިކުއިޕްމަންޓްސް އާއި ކާބޯތަކެތި ހަދިޔާކޮށްފައިވެއެވެ. އިންޑިއާއިންވެސް ޓީމެއް އައިސްފައިވެއެވެ. ނަމަވެސް އާރުއާރުޓީ ޓީމްތައް ތަމްރީނު ކުރުމަށްފަހު އެ ޓީމު ވަނީ ފުރާފައެވެ. އިންޑިއާއިން މެލޭރިޔާ ބޭސްވެސް ހަދިޔާކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް