ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މީޑިއާއަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ކަމަށެވެ. ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ކާރެއްގައި ޖެހި އަދި އެ ކާރުގޮސް ގަހެއްގައި ޖެހި އެކްސިޑެންޓް ހިނގީ މެންދުރުފަހު 02:50 ހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި އެކްސިޑެންޓް ހިނގި އިރު ކާރުގައި ދުއްވަން އިނީ ފިރިހެނެއް ކަމަށާއި ސައިކަލުގައި ދުއްވަން އިނީ އަންހެނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ދެމީހުންނަށްވެސް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މި ދެމީހުންގެ ތެރެއިން ކާރު ދުއްވި މީހާއަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށެވެ. އަދި އަންހެން މީހާ އަދި އޮތީ އޮބްޒަވޭޝަންގައި ކަމަށާއި ނަމަވެސް ބޭރުފުށުން ބޮޑު އަނިޔާއެއް ލިބިފައިނެތްކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް