ޓުޑޭސް ޓޭސްޓްގެ ފްލެވާޑް ޓީ ރާއްޖެއަށް ތައާރްފްކޮށް ހާއްސަ ޕްރޮމޯޝަނެއް

ސްރީ ލަންކާގެ ޓީ ވިއްކާ ޕިރަމިޑުން "ޓުޑޭސް ޓޭސްޓް" ގެ ފްލޭވާޑް ޓީ ރާއްޖެއަށް ތައާރަފްކޮށް، އެއް ދުވަހުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަން މިއަދު ހަވީރުގެ ނިޔަލަށް އެސްޓީއޯ ޓްރޭޑް ސެންޓަ...

27 Apr 2019 | 08:41

ސްރީ ލަންކާގެ ޓީ ވިއްކާ ޕިރަމިޑުން "ޓުޑޭސް ޓޭސްޓް" ގެ ފްލޭވާޑް ޓީ ރާއްޖެއަށް ތައާރަފްކޮށް، އެއް ދުވަހުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން މިއަދު ހަވީރުގެ ނިޔަލަށް އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ކުރިއަށް ދާއިރު، ޖުމްލަ ހަތް ވައްތަރެއްގެ ޓީ ވިއްކާނެއެވެ. މި ޕްރޮމޯޝަނުގައި ގަންނަ ކޮންމެ ޓުޑޭސް ޓޭސްޓް ފްލެވާޑް ޓީއަކަށް 10 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެއެވެ.

ޕިރަމިޑުން ރާއްޖެއަށް ތައާރަފްކުރި ޓުޑޭސް ޓޭސްޓް ފްލޭވާޑް ޓީ ތަކުގެ ތެރޭގައި "މަސާލާ ޗައި"، "ބްލެކް ޓީ ލެމަން"، "ގްރީން ޓީ ޖޭސްމީން"، "ބްލެކް ޓީ ސިނަމަން"، "ބްލެކް ޓީ ޖިންޖާ" އަދި " ޕިއޯ ގްރީން ޓީ" ހިމެނެއެވެ.

ޕިރަމިޑުން ވިއްކާ ޓުޑޭސް ޓޭސްޓްއަކީ ދުނިޔޭގެ އެންމެ ގިނައިން ސައިފަތް ބޭރު ކުރާ ސްރީލަންކާގެ ޓީބޯޑް އިން ދޭ "ލަޔަން ލޯގޯ" ދީފައިވާ ބްރޭންޑެވެ. މި ޓީބޭގަށް އެ ލޯގޯ ދިނީ، ލަންކާގެ ޓީ ބޯޑުން ބަލައި 100 ޕަސެންޓް ޕިއޯ ސައިފަތް ކަމުގައި ނިންމައިފައެވެ. އަދި މިއީ ހީރަސް ފްރީ ޓީ ބޭގް އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް