މިހާރު ބޭނުންވަނީ ޕްރޮޑިއުސަރަކަށް ވާން: ކެޓްރީނާ

މިހާރު އެންމެ ބޭނުންވަނީ އަމިއްލަ އުފެއްދުމެއް އުފައްދައި، ޕްރޮޑިއުސަރަކަށް ވާން ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް ބުނެފިއެވެ. ޝޯ އެއްގެ ތެރެއިން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެ...

27 Apr 2019 | 08:19

މިހާރު އެންމެ ބޭނުންވަނީ އަމިއްލަ އުފެއްދުމެއް އުފައްދައި، ޕްރޮޑިއުސަރަކަށް ވާން ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް ބުނެފިއެވެ.

ޝޯ އެއްގެ ތެރެއިން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ކެޓްރީނާ ބުނީ، އަނުޝްކާ ޝަރްމާ އަދި ދިޕިކާ ޕަދުކޯން ފަދައިން އޭނާވެސް ބޭނުމީ ޕްރޮޑަކްޝަން ހައުސްއެއް ހުޅުވަން ކަމުގައެވެ. އަދި އަމިއްލަ ކޮންޓެންޓް ތަކަށް އެއްޗެހި ޕްރޮޑިއުސް ކުރުމަކީ ދެކޭ ހުވަފެނެއް ކަމަށްވެސް ކެޓްރީނާ ބުންޏެވެ. އަދި ކެޓްރީނާ ވަނީ އަނުޝްކާ އަދި ދިޕިކާގެ މަސައްކަތައް ތައުރީފުވެސް ކޮށްފައެވެ.

ކެޓްރީނާ މިހާރު ކުރަމުން އަންނަނީ ކުރީގެ ލޯބިވެރިޔާ ސަލްމާން ޚާން އާއި އެކީ "ބާރަތް" ގެ މަސައްކަތެވެ. މި ފިލްމަށްފަހު ކެޓްރީނާ ދެން ކުރާނީ ރޯހިތް ޝެޓީގެ ފިލްމް "ސޫރިޔަވަންޝީ" ގެ މަސައްކަތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް