މާލޭގައި ޓެކްސީކުރާ ހަމައެކަނި އަންހެން ޓެކްސީ ޑްރައިވަރު އައިމިނަތު ވަހީދާގެ ކާރު ހުއްޓުވައި ހަމަލާދީފިއެވެ.
ނޫސްތަކުގައި ބުނެފައިވަނީ، އައިންތުގެ ކާރަށް ހަމަލާ ދީފައިވަނީ ކުރީގެ ފިރިމީހާ ކަމުގައެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާއިރު، މި މައްސަލަ ބަލަމުން ދަނީ ޑޮމެސްޓިކް ވައިލަންސް މައްސަލައެއްގެ ގޮތުގައެވެ.
އައިންތުގެ ކާރަށް ރޭ ހަމަލާ ދީފައިވަނީ ދުވާ ޓްރެކް ކައިރިން ކާރު ހުއްޓުވައިގެންނެވެ. މި ހަމަލާގައި އައިންތުގެ ކާރުގެ ބޮނެޓް ގަދަކަމުން ހުޅުވާފައިވާއިރު، އިންޖީނަށްވެސް ވަނީ ގެއްލުން ދީފައެވެ.
މި ހާދިސާ ހިނގާފައި ވަނީ ރޭ 10:10 ހާއިރުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް