މި 12 އަހަރުގެ ކުއްޖާ ބީއެމްޑަބްލިއު އެއް ގަތީ އަމިއްލަ މަސައްކަތުން

މިއީ ތައިލެންޑަށް އުފަން އުމުރުން 12 އަހަރުގެ ނަތައްނަން ގެ ވާހަކައެވެ. މިދިޔަ ހަފްތާގައި ނަތައްނަންގެ ބާރަވަނަ އުފަންދުވަސް ފާހަގަ ކުރިއިރު، އެންމެންގެ ސަމާލުކަމަށް އައީ އޭނާ އަމިއްލަ އަށް ގަތް ބީއެމ...

27 Apr 2019 | 06:17

މިއީ ތައިލެންޑަށް އުފަން އުމުރުން 12 އަހަރުގެ ނަތައްނަން ގެ ވާހަކައެވެ. މިދިޔަ ހަފްތާގައި ނަތައްނަންގެ ބާރަވަނަ އުފަންދުވަސް ފާހަގަ ކުރިއިރު، އެންމެންގެ ސަމާލުކަމަށް އައީ އޭނާ އަމިއްލަ އަށް ގަތް ބީއެމްޑަބްލިއު ކާރަށެވެ. ނަތައްނަން ބުނިގޮތުގައި އެއީ އޭނާގެ އުފަންދުވަހުގެ ހަދިޔާ އަކަށް އަމިއްލައަށް ގަތް ހަދިޔާއެކެވެ.

ދެން އުފެދޭ ސުވާލަކީ އުމުރުން 12 އަހަރުގެ ކުއްޖަކު އަމިއްލައަށް ކާރެއް ގަތީ ކިހިނެއްތޯއެވެ. ނަތައްނަން އަކީ އާދައިގެ ކުއްޖެއް ނޫނެވެ. ތައިލެންޑްގެ ރިޕޯޓުތަކާ ހަވާލާދީ، ނަތައްނަން އަކީ ވަރަށް މޮޅު އަދި ޕްރޮފެޝަނަލް މޭކަޕް އާޓިސްޓެކެވެ. ނަތައްނަން ބުނި ގޮތުގައި، ނަތައްނަން ފުރަތަމަ މޭކަޕް ކުރަން ދަސްކުރީ ޔޫޓިއުބް ވީޑިއޯ ބަލައިގެންނެވެ. އޭގެ ފަހުން ނަތައްތަން ވަނީ މޭކަޕް ކޯހެއްވެސް ހަދައިފައެވެ.

މިހާތަނަށް މަޝްހޫރު އެތައް މޮޑެލެއްގެ މޭކަޕް ކޮށްދީފައިވާ ނަތައްނަން އަކީ މިހާރު ތައިލެންޑްގައި ނަން މަޝްހޫރު މޭކަޕް އާޓިސްޓެކެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ނަތައްނަން މޭކަޕް ކުރުމުގެ މަސައްކަތް ފެށީ އުމުރުން އެންމެ 5 އަހަރުގައެވެ. ނަތައްނަންގެ އަމިއްލަ ޔޫޓިއުބް ޗެނަލެއް ގެންގުޅޭއިރު މިހާތަނަށް 270000 މީހުން ވަނީ އެ ޗެނަލް ސަބްސްކްރައިބް ކޮށްފައެވެ. ދާދި ފަހުން ނަތައްނަން ވަނީ ލަންޑަން ފެޝަން ވީކްގެ މޮޑެލުންގެ މޭކަޕްވެސް ކޮށްދީފައެވެ.

އެހެންކަމުން އަމިއްލައަށް ބީއެމްޑަބްލިއު ކާރެއް ގަތުމަކީ ނަތައްނަން އަށް އެއްވެސް އުނދަގޫ ކަމަކަށް ނުވާނެއެވެ. ނަތައްނަން ބުނިގޮތުގައި އެ ކާރަކީ މިހާތަނަށް ލިބުނު އެންމެ "ސަޅި" ހަދިޔާއެވެ. އަދި އެހާ ޅަ އުމުރަކު އެވަރުގެ ބޮޑު ކަމެއް ކުރެވުމުން އުފާ ކުރާކަމަށްވެސް ނަތައްނަން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް