ރޭ ސަލްސާ ރޯޔަލް ކައިރިން ބަންގްލަދޭޝް މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދިން މީހާ ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ހަމަ ބަންގްލަދޭޝް މީހެކެވެ.
ރޭގައި މި ހާދިސާ ހިނގާފައިވަނީ 22:27 ހާއިރުއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި ބަންގްލަދޭޝް މީހާ އަތުލައިގަތީ ހަމަލާ ދިނުމަށްފަހު ދުވެފައި ދާތަން ފެނުމުން ފަހަތުން ގޮހެވެ. މި މީހާ ހައްޔަރު ކުރީ އޭއެމްޑީސީ ކައިން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ހަމަލާގައި ޒަހަމްވި ބަންގްލަދޭޝް މީހާއަށް މިހާރު އައިޖީއެމްއެޗުން ދަނީ ފަރުވާ ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް