ލަންކާ ސިފައިންނާއި ރެއިން ފެށިގެން ހަމަލާ ބަދަލުކުރަމުންދިޔަ ސައިދަމަރުދޫ ސަރަހައްދުން 15 މީހަކު ޖާނުން ފިދާވެ މަރުވެފައިވާކަމަށް ރިޕޯޓްކޮށްފިއެވެ.
ލަންކާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެންމެ ފުރަތަމަ އެ ސަރަހައްދުގައި ގޯހެއް އުޅޭ ކަމުގެ ސިގްނަލެއް ލިބުނީ ޓްރެފިކް ޑިއުޓީގައި ހުރި ކޮންސްޓެބަލަކަށެވެ. އަދި އެއަށްފަހު އެ ސަރަހައްދު ރެއިޑްކުރަން ދިޔަ ސިފައިންނަށް ހަމަލާތައް އަމާޒުވާން ފެށި ކަމަށާއި ހަމަ އެއާއެކު ގޮވުންތަކެއް ގޮވިކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
ރިޕޯޓްކޮށްފައިވާގޮތުގައި ގެއެއްގެ ތެރެއިން ޖާނުން ފިދާވެ މަރުވެފައިވާކަމަށް ބެލެވޭ ތިން ފިރިހެނެއްގެ ހަށިގަނޑާއި ތިން އަންހެނެއްގެ ކުޑަ ހަ ކުއްޖެއްގެ ހަޑިގަނޑު ފެނިފައިވެއެވެ. އަދި އެ ގެއިން ބޭރުން އިތުރު ތިން ފިރިހެނެއްގެ ހަށިގަނޑު ފެނިފައިވާކަމަށް ބުނެފައިވެއެވެ. މި އެންމެންނަކީވެސް ޖާނުން ފިދާވެ މަރުވި މީހުން ކަމުގައި ބެލެވޭ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
މި ހަމަލާތަކާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ ތަރުޖަމާނު އެސްޕީ ރުވާން ގުނަސޭކަރަ ވިދާޅުވެފައިވަނީ މި ހަމަލާތަކުގައި ސިފައިން ނުވަތަ ފުލުހުންގެ އެއްވެސް މީހަކަށް އެއްވެސް އަނިޔާއެއް ލިބިލިބިފައިނުވާކަމަށެވެ. އަދި އެ ސަރަހައްދުގައި އަދިވެސް ކާފިއު ހިންގާފައިވާކަމުގައިވެސް ބުނެފައިވެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް