ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން ފުލުހުންގެ އިދާރާއަށް ހާޒިރު ވުމަށް އަންގައިފި އެވެ.
އަލީ ހުސެން ޓުވިޓާގައި ވިދާޅުވެފައިވަނީ ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މިއަދު ފުލުހުން އޭނާއަށް ގުޅާފައި ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވާކަމަށެވެ. ނަމަވެސް އެ މައްސަލައިގެ އިތުރު ތަފްސީލް ފުލުހުން ހިއްސާ ނުކުރާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހުސެން ވިދާޅުވީ އޭނާ ހުރީ މާލެއިން ބޭރުގައި ކަމަށާއި މާލެ އައުމަށްފަހު ފުލުސް އޮފީހަށް ހާޒިރުވާނެ ކަމަށް ފުލުހުންނަށް އަންގާފައިވާނެކަމަށެވެ.
މީގެ ކުރިންވެސް އަލީ ހުސައިން ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާން ނަގައި ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނުވެސް ހިފަހައްޓާފައި އެވެ. އެފަހަރު ހާޒިރު ކުރީ ޓުވީޓެއްގެ މައްސަލައެއްގައި އެވެ.
އަލީ ހުސެން އަށް ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވާއިރު، އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ގިނަ ފަރާތްތަކެއް ފުލުސް އޮފީހަށް ހާޒިރުކޮށް ދަނީ ސުވާލުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް